އައިންތުގެ ޓެކްސީއަށް ގެއްލުންދޭތީ ހުށައެޅި ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ފަށައިފި

މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާ (އައިންތު) ޓެކްސީ ކުރަން ގެންގުޅޭ ކާރަށް ތަކުރާރުކޮށް ގެއްލުން ދީފައިވާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފިއެވެ،
މަޖިލީހަށް ހުށަހެޅި މި މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް ޖުމްލަ 35 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި މި މައްސަލަ މަޖިލީހުން ބަލައިގަތުމާއެކު މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި ވަނީ މި މައްސަލައިގެ ބަހުސް ފަށާފައެވެ.
މައްސަލަ ހުށަހެޅުއްވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ އައިންތުގެ ކާރަށް ގެއްލުން ދިނުން ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. އޭނާ ވިދާޅުވީ އެ ފިނޑި އަމަލުގެ ސަބަބުން އާމްދަނީ ހޯދުމަށް އައިންތު ކުރާ މަސައްކަތަށް ހުރަސް އެޅިފައިވާ ކަމަށަށެވެ،
އަދި އާމްދަނީ ހޯދުމަށް އަންހެނުން ކުރާ މިފަދަ ކަންކަމަށް ހިތްވަރު ދިނުމަށް އާޒިމް ވަނީ ގޮވާލާފައެވެ.