ފުލުހުންނަށް ޒިންމާ އަދައެއް ނުކުރެވޭ- އާޒިމް
 
                                                    ފުލުހުންގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އެ ތަނުގެ ވެރިންނަށް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވެފައި ވަނީ ފުލުހުންގެ އިދާރާގެ ވެރިން އެތަނުގައި މައްސަލަތަކެއް ހުރިކަން ގަބޫލު ކުރަން ޖެހޭކަމަށެވެ. އަދި އިދާާރާގައި ނުރަނގަޅު ގޮތަށް މުވައްޒަފުން ކަންތައް ކުރާނަމަ އެކަންތައްތައް ރަނގަޅު ކުރުމަކީ އިސްވެރިންގެ މަސްއޫލިއްޔަތެއް ކަމަށެވެ.
އާޒިމް މިފަދައިން މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާ (އައިންތު) ޓެކްސީ ކުރަން ގެންގުޅޭ ކާރަށް ތަކުރާރުކޮށް ގެއްލުން ދީފައިވާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާ ގުޅިގެންނެވެ.
މަޖިލީހަށް ހުށަހެޅި މި މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް ޖުމްލަ 35 މެންބަރުން ވޯޓް ދެއްވާ އެ މައްސަލަ ވަނީ ބަލައިގެންފައެވެ.
 
  
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
