ޚަބަރު

ނަޝީދު ވިދާޅުވީ އަންހެން ޓެކްސީ ޑްރައިވަރަށް ހަމަލާ ދިނުމަކީ ހަރުކަށި ފިކުރުގެ މީހުން ކުރާ ކަމެއް ކަމަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާ (އައިންތު) ޓެކްސީ ކުރަން ގެންގުޅޭ ކާރަށް ތަކުރާރުކޮށް ގެއްލުން ދީފައިވާ މައްސަލައާއި ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ މީހުންނާއި ގުޅުމެއްވާ ފަދަ ގޮތަކަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.

Ads by STELCO

އައިންތުގެ ކާރަށް ގެއްލުންދޭ މައްސަލަ ނުބެލިވާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އާ ގުޅިގެން ނަޝީދު ވިދާޅުވީ މިއީ ހަރުކަށި މީހުން ބޭނުންވާ ގޮތަށް ރާއްޖޭގެ މުޖުތަމަޢު ބައްޓަން ކުރުމަށް ޓަކައި ދެމުންދާ ހަމަލާތަކެއް ކަމަށެވެ.

އެގޮތުން ނަޝީދު ވިދާޅުވީ ހަރުކަށި މީހުން ބޭނުންވާނީ އަންހެނުން ގޭގައި ބޭތިއްބުމާއި، ހަމައެކަނި ޖިންސީ އެދުން ފުއްދުމަށާއި، ކިރުމައިންގެ ގޮތުގައި އަދި ދަރިން ބަލައި ގޭގައި ނޯކިރީ ކުރާ ބައެއްގެ ގޮތުގައި ބޭތިއްބުމަށް ކަމަށެވެ.

ނަޝީދު ވަނީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމަށް ބަޔަކު ބިރުދައްކައި ބާރުގެ ބޭނުން ކޮށްގެން އިންތިޒާމްވެގެން އަންނަ މަސައްކަތްތަކެއް ހުރިކަމަށް ތުހުމަތު ކުރައްވާފައެވެ.

"މެމްބަރުން އައްސަވާ ސުވާލަކީ އެ އިންތިޒާމުގައި ދައުލަތުގެ އެހެން މުއައްސަސާތައް ބައިވެރިވަނީތޯއޭ." ނަޝީދު ވަނީ މިކަމުގައި ސުވާލުތަކެއް ވެސް އުފައްދަވާފައެވެ.

އަދި މިއީ ކަންބޮޑުވުން އިތުރުވާ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ.

 

  1. މަބުނޫ

    އެއީ ލާދީނީ މީހުންކުރާކަންތަށް އެނގިއްޖެތަ