ޚަބަރު

ކޮވިޑްގެ އަލާމާތްތަކެއް ފެނުމުން މާމެންދޫ ދެ މީހަކުގެ ސާމްޕަލް ނަގާ ގެ ކަރަންޓީނުކޮށްފި!

ދެން އެމްވީ ، ދެން އޮންލައިން

ލ.މާމެންދޫ 2 މީހަކުގެ ކިބައިން ކޮވިޑް19ގެ އަލާމަތްތައް ފެނުމުން ސާމްޕަލް ނަގާ އެމީހުން ދިރިއުޅޭ ގެ ކަރަންޓީނުކޮށްފިއެވެ.

Ads by STELCO

ލ.މާމެންދޫ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ލ.މާމެންދޫ ޗެލްސީގެއިން 02 މީހަކު ކޮވިޑް19އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ފެނި ހެލްތް ޕްރޮޓެކްޝަން އެޖެންސީން ސާމްޕަލް ނަގައި އެ ގެ ވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި އެގެއަށް އެއްވެސް މީހަކު ވަދެ ނިކުމެ ހެދުން ވަނީ މަނާކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން މާމެންދޫ ކައުންސިލް ހިންގެވުމާއި ހަވާލުވެ ހުންނެވި ކައުންސިލްގެ ނައިބު ރައީސް ހުސައިން ހަބީބު ވިދާޅުވީ، އެ ސާމްޕަލް ނަގާފައިވަނީ ބައްޕައަކާއި އޭނާގެ ދަރިފުޅުގެ ގައިންކަމަށެވެ. ހަބީބު ވިދާޅުވީ އެ އެ ކުއްޖާއަކީ މާލޭގައި ކިޔަވަމުން ދާ ކުއްޖެއްކަމަށާއި، ރަށަށް ދިޔައީ މި މަހުގެ 6 ވަނަ ދުވަހުގައި ކަމަށެވެ.

އަދި މީގެ 6 ދުވަސް ކުރިން ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކުމުން، ގޭގައި އެކަހެރިވުމަށް އޭނާއަށް އަންގާފައިވާކަމަށްވެސް ހަބީބު ވިދާޅުވިއެވެ. ހަބީބު އިތުރަށް ވިދާޅުވީ ރޯގާ ރަނގަޅު ނުވެ ހުން އައިސް ކަރަށް ތަދުވާތީ ރިޕޯޓްކުރުމުން ޑަކްޓަރުންގެ ލަފާގެ މަތިން ސާމްޕަލް ނެގީ ކަމަށެވެ.

ކަރަންޓީނު ކުރި އިމާރާތުގައި ހަބީބު ވެސް ދިރިއުޅެމުންދާިތީވެ ހަބީބުވެސް މިވަގުތު ހުރީ ކަރަންޓީނ ުގައެވެ. ހަބީބުގެ އިތުރުން މާމެންދޫ ހެލްތް ސެންޓަރުގައި މަސައްކަތްކުރާ ނަރުހަކާއި އިތުރު މުވައްޒަަފަކުވެސް އެގޭގައި ދިރިއުޅޭއިރު އެމީހުންވެސް ތިބީ ކަރަންޓީނުގައި ކަމަށް ހަބީބު މައުލޫމާތުދެއްވައެވެ.

މިމަހުގެ 15 އިން ފެށިގެން މާމެންދޫގެ 16 ގެއެއްގައި 23 މީހަކު ވަނީ އެކަހެރިކޮށްފައެވެ. މިއީ މާމެންދޫއިން ކޮވިޑް ސާމްޕަލެއް ނެގި ފުރަތަމަ ފަހަރެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!