ޚަބަރު

އިތުރު 6 މީހަކު ކޮވިޑަށް ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މާލެއިން އިތުރު 6 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ފައްސިވި ހަ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝް މީހަކާއި ޕާކިސްތާނުމީހެއް ކަމަށެވެ.

މި އެންމެންވެސް މިހާރު އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި ހަ މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 220 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 84 ދިވެހިންނާއި 136 ބިދޭސީންނެވެ. މި މީހުންގެ ތެރެއިން މިހާތަނަށް 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ ލޮކްޑައުނެއްގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!