ޚަބަރު

ހޯޑެއްދޫއާއި މަޑަވެލި ގުޅާލާފައިވާ ކޯޒްވޭގައި ޖަހާފައިވާ ފެންސް ވައްޓާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19ގެ ސަބަބުން ފުރަ ބަންދުކޮށްފައި އޮތް ހޯޑެއްދޫއާއި މަޑަވެލި ގުޅާލާފައި އޮންނަ ކޯޒްވޭގައި ޖަހާފައިވާ ފެންސަށް ބަޔަކު ގެއްލުންދީ ފެންސް ވައްޓާލައިފިއެވެ.

Ads by Hajj Corporation

''ދެން''އާއި މައުލޫމާތު ހިއްސާ ކުރަމުން މަޑަވެލި ކައުންސިލްގެ ރައީސް ހަމީޒް ބުނުއްވީ ދެރަށުގެ ރައްޔިތުންގެ ރައްކާތެރިކަމަށް ޓަކައި އެއް ރަށުން އަނެއް ރަށަށް ދިޔުން ހުއްޓުވުމަށް ޖަހާފައިވާ މި ފެންސް ވައްޓާލާފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް މިކަން ހިނގާދިޔަ ގޮތާއި ގުޅޭ ގޮތުން އެއްޗެއް ބުނުއްވަން ނޭނގޭ ކަމަށާއި ފުލުހުން އެމައްސަލަ ބަލަމުންދާ ކަމަށް ޙަމީދު ބުނުއްވިއެވެ.

ހޯޑެއްދޫއާއި މަޑަވެލީގެ ކޯޒްވޭގެ ފެންސް ވައްޓާލި ވީޑިއޯ ވެސް މިހާރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

ހޯޑެއްދޫއާއި މަޑަވެލި އެއް ރަށުން އަނެއް ރަށަށް ދެވޭ ގޮތަށް ބަންދު ކޮށްފައި އޮތް ނަމަވެސް ކޮންމެ ދުވަހަކު ހަވީރު 4 އިން 5 އަށް ވިޔަފާރީގެ ޑެލިވަރީތަކަށް ހުޅުވާފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!