ޚަބަރު

އިތުރު ދެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އިތުރު ދެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކޮށްފިއެވެ.

Ads by MWSC

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެންމެފަހުން އެޑްމިޓްކޮށްފައިވަނީ ކޮވިޑަށް ފައްސިވި 68 އަހަރުގެ ދިވެހި އަންހެނަކާއި 48 އަހަރުގެ ޕާކިސްތާނުގެ މީހެއް ކަމަށެވެ.

މީގެތެރެއިން އޮކްސިޖަން ބޭނުން ވެގެން ފަރުވާ ދެމުން އަންނަނީ ޕާކިސްތާނު މީހާ އަށް އެކަނި ކަމަށާއި ދިވެހި މީހާގެ ހާލު ރަނގަޅު ކަމަށް އަފްޒަލް ވިދާޅުވިއެވެ.

މީގެކުރިން ވަނީ ކޮވިޑަށް ފައްސިވި އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. އޭނާގެ ހާލުވެސް ރަނގަޅު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މި ތިން މީހުންނަށް ވެސް ފަރުވާ ދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައެވެ.

ރާއްޖެއިން މިހާތަނަށް 226 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އޭގެތެރެއިން 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!