ކުޅިވަރު

ރެސިޕީ: ކަނަމަދު ޗޮކްލެޓު ފަޖް

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

Ads by Sosun Fihaara

½ 2 މޭޒުމަތީ ސަމުސާ ބަޓަރު

1 ޖޯޑު ގެރިކިރު

½ ޖޯޑު ކޮކޯ ޕައުޑަރު

40 މާރީ ބިސްކޯދު

40 ގްރާމް ކަނަމަދު

1 ސައިސަމުސާ ވެނީލާ އެސެންސް

ހަދާނެގޮތް:

1. މާރީ ބިސްކޯދުތައް ފުނޑުފުނޑު ކޮށްލާށެވެ. ފުނޑުވާނީ ހަފާލެވޭ ވަރުގެ އެތިކޮޅުކޮޅު ހުންނާނެ ވަރަށެވެ. ކަނަމަދުވެސް ހަމަ އެގޮތަށް ފުނޑުވާލާށެވެ. އަހަރުމެން ކަނަމަދުކޮޅު ފުނޑުވާލީ ކޮތަޅެއްގެ ތެރެއަށް އަޅާފައި ބަރު އެއްޗަކުން ދެތިން ފަހަރު އޭގައި ޖަހާލައިގެންނެވެ.

2. ފަޖް ސެޓް ކުރަން ބޭނުން ކުރާނެ ތަބަކުގައި ބަޓަރު ކޮޅެއް އުނގުޅާލާށެވެ. އަރިމަތި ތަކުގައިވެސް އުނގުޅަން ވާނެއެވެ. އަހަރުމެން ބޭނުން ކުރީ 8 އިންޗީގެ ތަބަކެކެވެ.

3. ތެއްޔަކަށް ބަޓަރުކޮޅު އަޅާލާފައި ވަރަށް މަޑު ގިނީގައި ބަހައްޓައިގެން ބަޓަރުކޮޅު އެއްކޮށް ދިޔާވަންދެން ކައްކާށެވެ. މިކަމަށް އެހާ ގިނައިރެއް ނުވާނެއެވެ.

4. ދެން ތެއްޔަށް އަޅާނީ ގެރިކިރާއި ކޮކޯ ޕައުޑަރާއި ވެނީލާ އެސެންސެވެ. ރަނގަޅަށް އެއްކުރަމުން 3-4 މިނެޓު ވަރު މަޑު ގިނީގައި ކައްކާށެވެ.

5. ދެން ފުނޑުވި ކަނަމަދާއި މާރީ ބިސްކޯދުތައް ތެއްޔަށް އަޅައި އެއްކުރާށެވެ. ރަނގަޅަށް އެއްވީމައި އުނދުން ނިވާލާށެވެ.

6. ކުރިން ތައްޔާރުކުރި ތަބަކުގެ ތެރެއަށް ތެލީގައި ހުރި ތަކެތި އޮއްސާލާށެވެ. އަދި ސަމުސަލެއް ކަހަލަ ކޮންމެވެސް އެއްޗެއް ބޭނުން ކޮށްގެން މަތި އޮމާންކޮށްލާށެވެ. އުނދުން ނިވާލުމާ އެކު ފަޖް ސެޓްވާން ފަށާނެއެވެ. އެހެންވީމާ ތަބަކަށް އެޅުމުގެ ބައި ހިންގާލަން ވާނީ ވަރަށް ހަލުވިކޮށެވެ. ކުރިންވެސް ބުނި ފަދައިން އަހަރުމެން ބޭނުންކުރީ 8 އިންޗީގެ ތަބަކެކެވެ. އެހެން ސައިޒެއް ބޭނުންކުރާނަމަ އިންޗިއެއްގެ ބޯމިން ފަޖްގައި ހުންނާނެ ވަރަށް ތަބަކަށް އަޅަން ވިސްނީމާ ރަނގަޅު ވާނެއެވެ.

7. ތަބައް ފްރިޖަށްލާށެވެ. 2 ގަޑިއިރެއް ހާއިރުގެ ތެރޭގައި ހުންނާނީ ސެޓްވެފައެވެ.

8. ސެޓްވުމުން ފްރިޖުން ނަގައި ގޮޅިގޮޅިއަށް ކަފާލާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!