ޚަބަރު

ޑރ. ޝަހީމް ޝެއިހް އިލްޔާސަށް: ﷲ އަށް ބިރުވެތިވޭ!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ގައުމަށާއި ދީނަށް ނިކަމެތިކަމެއް ލިބޭ ފަދަ ކަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުކުރައްވާނެ ކަމަށް ވިދާޅުވެ ޝެއިޚް އިލްޔާސް ޓްވީޓު ކުރެއްވުމުން، ﷲ އަށް ބިރުވެތިވުމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޝެއިޚް އިލްޔާސަށް ގޮވާލައްވައިިފިއެވެ.

Ads by MWSC

ޝެއިޚް އިލްޔާސްގެ ޓްވީޓުގައި ވަނީ ރައީސް ސޯލިހުގެ ނިންމުންތަކަށް ފާޑުކިޔާ މީހުންނަށް ވަނީ ރައްދު ދީފައެވެ. އެގޮތުން ޝެއިޚް ވިދާޅުވީ ހަގީގަތާ ހިލާފު ދޮގު ވާހަކަ ކިތަންމެ ވަރަކަށް ފެތުރި ނަމަވެސް ހަގީގަތް އޮޅުވާނުލެވޭނެ ކަމަށެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ އިސްލާމް ދީނާއި ވަހުދަތާއި އިސްތިގުލާލު ނަގާލަން މަސައްކަތް ކޮށްފާނެ ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށް ވެސް ޝެއިޚް އިލްޔާސްގެ ޓްވީޓުގައި ވިދާޅުވިއެވެ.

މި ޓްވީޓު ރީޓްވީޓު ކުރައްވައި ޑރ. ޝަހީމް ވިދާޅުވީ " ﷲ އަށް ބިރުވެތިވާށެވެ" އެވެ.

ޝަހީމް މިފަދައިން ވިދާޅުވެ ނުރުހުން ފާޅުކުރެއްވި އިރު، ޝެއިޚް  ޑރ. އިޔާޒް އަބްދުއްލަތީފް ވަނީ ޝެއިޚް އިލްޔާސް ގެ ޓްވީޓަށް ތާއީދުކު ރައްވާފައެވެ.

މި ސަރުކާރުން އިންޑިއާއާއި މާ ގާތް ގުޅުމެއް ބާއްވަމުން އަންނާތީ ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔައި އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑުއުފުލައި، އެ މީހުން ރާއްޖެ އިން ބޭރުކުރަން ވެސް އިދިކޮޅުން އަންނަނީ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!