ޚަބަރު

ކުޅުދުއްފުށީ ފިހާރައެއް ތެރޭ މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހދ. ކުޅުދުއްފުށީ ފިހާރައެއް ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފިއެވެ.

Ads by STELCO

އެނގިފައިވާ ގޮތުގައި މާރާމާރީއެއް ހިންގާ، ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައިވަނީ އެރަށު ބަރާބަރު" ފިހާރައިގެ ތެރޭގައި އެ ފިހާރައިގެ މުވައްޒިފަކަށެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލި ޒުވާނާ އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ކުޅުދުއްފުށީގައި މިފަދަ ހަމަލާއެއް ހިނގައިގެން އުޅޭކަން ފުލުހުން ވަނީ "ދެން" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކުޅުދުއްފުށީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާކަމުގެ މައުލޫމާތު މިއަދު 11:41 ގައި ލިބިފައިވާ ކަމަށާއި އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކޮށްދެއްވާނެ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަަލަކު ވިދާޅުވީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ މައްސަލައާއި ގުޅިގެން 28 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!