Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ދަ ޑިމޮކްރެޓްސް ޕާޓިގެ ރިޔާސީ ޕްރައިމަރީއަށް މިމަހު 28ގައި

ދަ ޑިމޮކްރެޓްސް ޕާޓިގެ ރިޔާސީ ޕްރައިމަރީއަށް މިމަހު 28ގައި
ރައްޔިތުންގެ މަޖިލީހިގެ ރައީސް، ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އިންތިހާބު އޮންނާނީ މިމަހު 28 ވާ ހުކުރު ދުވަހުގެ މެންދުރު 14:00 އިން 18:00އަށް ކަމަށް އެ ޕާޓީން އިއުލާނުކޮށްފައިވާއިރު، ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ކެންޑިޑޭޓުން މިމަހުގެ 22 ވާ ހޮނިހިރު ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް އެ ޕާޓީން ބުނެފައިވެއެވެ. https://twitter.com/thedemocratsmv/status/1682002873750810626?s=46&t=QZkDqco51yM8x1uxEvRGdQ  

ޑިމޮކްރެޓްސްއިން ބުނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މިއަދު އާއްމުކުރާނެ ކަމަށާއި އެ ލިސްޓަށް އަންނަ ހޮނިހިރު ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް