ކުޅިވަރު

ރެސިޕީ: ޗިކެން ލަޒާނިއާ

ދެން އެމްވީ ، ދެން އޮންލައިން

* ބޭނުންވާ ތަކެތި:

Ads by Sosun Fihaara

1/4 ޖޯޑު އޮލިވް އޮއިލް

500 ގްރާމް ލަޒާނިއާ

500 ގްރާމް ޗީޒް (ތުނިކޮށް ކޮށާފައި)

1 ޖޯޑު ޕާމޭސަން ޗީޒް (ގާނާފައި، މައްޗަށް އެޅުމަށް)

2 ފިޔާ (ތުނިކޮށް ކޮށާފައި)

2 ލޮނުމެދު (ގާނާފައި)

1 ކިލޯ ބޯންލެސް ކުކުޅު (ކުދިކޮށް ކޮށާފައި)

2 ޖޯޑު ޓޮމާޓޯ ސޯސް

5 ޖޯޑު ޕީލްޑް ޓޮމާޓޯ

2/1 1 ޖޯޑު ޓޮމާޓޯ ޕިއުރީ

2/1 ޖޯޑު ފެން

2/1 1 ސައިސަމުސާ ލޮނު

1 ސައިސަމުސާ މުގުރި އަސޭމިރުސް

1 ސައިސަމުސާ ބޭސިލް

2 ބޭ ލީވްސް

2 ޖޯޑު މަޝްރޫމް (ކޮށާފައި)

2 ސައިސަމުސާ ހަކުރު

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ތެއްޔެއް އުދުންމައްޗަށް އުދާލާފައި އޮލިވް އޮއިލް އަޅާލާށެވެ. ހޫނުވީމާ ލޮނުމެދު ، ފިޔާ އެއްކޮށް އަޅާލާފައި މޯޅިވީމާ ކުކުޅު ކޮޅު އަޅާލާށެވެ.

ކުކުޅުކޮޅު ކެއްކުނީމާ ޓޮމާޓޯ ސޯސް، ޕިއުރީ އަދި ސޯސްގެ ހުރި ބާވަތެއް އެއްކޮށްފައި ސޯސްގަނޑަކަށް ވަންދެން ކައްކާފައި ބޭ ލީވްސްކޮޅު ނަގާލާށެވެ.

ދެން ބޮޑު ތެއްޔަކަށް ފެން އަޅާފައި އުނދުންމައްޗަށް އުދާލާށެވެ. 1/3 ޖޯޑު އޮލިވް އޮއިލް ވެސް އެއްކޮށްފައި ކެކިގަތީމާ ލަޒާނިއާ ފަހަރަކު ސީޓެއް އަޅަމުން ތަތްނުލަވާ ގޮތަށް އަޅާފައި މަޑުވަންދެން ކެކުނީމާ ނަގާފައި އޮލިވް އޮއިލް އެއްކޮށްފައި ބަހައްޓާށެވެ.

ދެން ސޯސްގަނޑު ނަގާފައި ލާޒާނިއާ ބޭކިން ޓްރޭއެއްގައި ފަހަރަކު ފޮއްޗެއް ލޭޔަރަކަށް އަތުރާލާފައި ސޯސް މަތީގައި ފަތުރާލާފައި މައްޗަށް ޗީޒް ވިއްސާލާފައި މިގޮތަށް ލޭޔަރު ލޭޔަރަށް ދެބައި ހުސްވަންދެން ހަދާފައި އެއް ގަޑި އިރުވަންދެން އަވަނުން ފިހެލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!