ޚަބަރު

އެކަނިވެރި މައިން،ބަފައިންގެ އެތައް ބަޔަކު މިސަރުކާރުން މަގުމަތި ކޮށްލައިފި: ޑރ. މުޢިއްޒު

މަރްޔަމް ވަޙީދާ

އެކަނިވެރި މައިންނާއި ބަފައިންގެ އެތައް ބަޔަކު އިއްޔެ މިސަރުކާރުން މަގުމަތި ކޮށްލައިފިކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙަައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ހިންގި "ހިޔާ ފްލެޓު" މަޝްރޫޢުގެ އެޗް6 ނުވަތަ އެކަނިވެރި މައިން/ބަފައިންގެ ކެޓަގަރީން ދޭ ފްލެޓުގެ ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓެއް އިއްޔެ ސަރުކާރުން ވަނީ އާންމުކޮށް، ގެޒެޓު ކޮށްފައެވެ. ނަަމަވެސް ކުރިން ފްލެޓު ލިބިފައިވާކަމަަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން 77 ފަރާތެއް ވަނީ މަދުކޮށްފައެވެ.

އެއަދަދު މަދުކޮށްފައިވާތީ އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އެޗް6 ކެޓެގަރީއަށް ޝަރުތު ހަމަވާ ޖުމްލަ 1554 މީހުން ތިބިކަން ފާހަގަވެއެވެ.

ހިޔާ ފްލެޓުން 500 ފްލެޓު އެކަނިވެރި މައިންނާއި ބަފައިންނަށް ދޭން ކުރީ ސަރުކާރުން ކަނޑައަޅާފައި އޮތް ނަމަވެސް ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ދިރާސާ ކުރުމަށްފަހު ނެރުނު ވަގުތީ ލިސްޓުގައި މި ކެޓެގަރީއަށް ހާއްސަކޮށްފައި އޮތީ 423 ފްލެޓެވެ.

"ހިޔާ" ފްލެޓްތަކާއި ގުޅިގެން ހުރި ކަންބޮޑުވުންތައް އާއްމު ކުރުމަށް މީސް މީޑިއާގައި ހިންގަމުން އަންނަ  "ކޮތަރު ކޮށި" ޕޭޖުން ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެޕޭޖުން ބުނި ގޮތުގައި 77 އެކަނިވެރި މައިންނާއި ބަފައިންގެ ހައްގަށް ވަޒީރު އަސްލަމް މިވަނީ އަރައިގަނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!