މިއީ ރޯދަ ވިއްލާ ގަޑީގައި ބޯލަން ވަރަށް ކަމުދާނެ، މީރު ފިނި ބުއިމެކެވެ.

ބޭނުންވާތަކެތި:

¾ ޖޯޑު ގެރިކިރު

½ ޖޯޑު ރޯޒް ސިރަޕް

2 ޖޯޑު ފެން (ރޯޒް ސިރަޕް ގިރުމަށް)

½ ޖޯޑު ފެން (އިސްބަގުލު ފޯކުރުމަށް)

½ ސައިސަމުސާ ވެނީލާ އެސެންސް

2 މޭޒުމަތީ ސަމުސާ އިސްބަގުލު

10 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ސްޓްރޯބެރީ ޖެލީ

500 ގްރާމް ވެނީލާ އައިސްކްރީމް

ހަދާނެގޮތް:

1. ފުރަތަމަ ގެރިކިރާއި ފެނާއި ރޯޒް ސިރަޕާއި ވެނީލާ އެސެންސްކޮޅު އެއްކޮށްލުމަށްފަހު އެ ފްރިޖަށްލާ ދެތިން ގަޑިއިރެއް ހާއިރު ފިނިކުރަން ބަހައްޓާށެވެ.

2. ބައިޖޯޑު ފެނަށް އިސްބަގުލުކޮޅު އަޅާލައި 30 މިނެޓުވަރު ފޯކުރަން ބަހައްޓާށެވެ.

3. ފަލޫދާ ތައްޔާރުކުރަންވީމާ ފުރަތަމަ ބިއްލޫރިތަށީގެ ތެރެއަށް އަޅާނީ ½ 1 މޭޒުމަތީ ސަމުސާ ފޯކުރި އިސްބަގުލެވެ. ދެން 5 މޭޒުމަތީ ސަމުސާ ޖެލީއެވެ.

4. ދެން ފްރިޖަށްލި ރޯޒް ސިރަޕް ގަނޑުގެ ½ 1 ޖޯޑު ބިއްލޫރި ތަށްޓަށް އަޅައި ގިރާލުމަށްފަހު މަޑުމަޑުން އައިސްކްރީމްކޮޅު ތަށްޓަށް ލާށެވެ. ތަންތަނުގައި އައިސްކްރީމް ނަގައި ތަށިތަށްޓަށް އަޅަން ގެންގުޅޭ ބާވަތުގެ އެއްޗެއް ގޭގައި ނެތްނަމަ މޭޒުމަތީ ސަމުސަލެއް މިކަމަށް ބޭނުން ކުރެވިދާނެއެވެ. އަހަރުމެންވެސް ބޭނުންކުރީ މޭޒުމަތީ ސަމުސަލެކެވެ. އަދި އެޅީ ތަށްޓަކަށް 3 މޭޒުމަތީ ސަމުސަލުގެ އައިސްކްރީމެވެ.

ނޯޓު: މި ރެސިޕީ އިން ތައްޔާރުކޮށްލެވޭނީ ބޮޑު ދެ ތަށީގެ ފަލޫދާއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!