ދުނިޔެ

ޖަމަލުތަކެއް ވަގަށް ނަގައިގެން ސައުދީން ހަތް މީހަކު ހައްޔަރުކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މީގެ 45 މިލިއަނަށް ވުރެ ގިނަ އަހަރު ކުރިން ފެށިގެން ވެސް ދުނިޔޭގައި ޖަމަލު އުޅެމުންދާ ކަމީ ތާރީޚުން އެނގެން އޮތް ކަމެކެވެ. އާންމު ގޮތެއްގައި ހަނަފަސް ވާދީ ތަކުގައި ދިރިއުޅޭ މި ޖަނަވާރަކީ ގިނަ ދުވަސްތަކަކަށް ފެނާއި ކާނާއާއި ނުލާ ދިރިއުޅުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެކެވެ. އަދި މެދުއިރުމަތީގެ ޤައުމުތަކުގައި މިއީ ދަތުރުފަތުރު ކުރުމުގައި ވެސް ގެންގުޅޭ އެއްޗެކެވެ. 

Ads by Sosun Fihaara

އެހެންކަމުން މި ޖަނަވާރަކީ އަގުހުރި އެއްޗެއްކަން ގައިމެވެ. ކަންމިހެން އޮތްއިރު ދާދިފަހުން ސަޢުދީ ޢަރަބިއްޔާ އިން މިވަނީ  300،0000 ސަޢުދީ ރިޔާލުގެ އަގުހުރި ޖަމަލު ތަކެއް ވަގަށް ނަގާފައެވެ. ސަޢުދީ ޢަރަބިއްޔާގެ އަލް ޤާސިމް ޕޮލިސް ސްޓޭޝަން އިން ވަނީ މި މައްސަލައާ ގުޅިގެން 7 މީހަކު ހައްޔަރު ކޮށްފައި ކަމަށް ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކުރެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ސަޢުދީ ޢަރަބިއްޔާ އަށް ނިސްބަތްވާ 3 މީހަކާއި ސޫދާނަށް ނިސްބަތްވާ 4 މީހެކެވެ. މި 70 މީހުންނަކީ ވެސް 40 އަހަރުން މަތީގެ މީހުންކަމަށް ރިޕޯޓްތައް ބުނެއެވެ. 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!