ބަރަހަނާ ވީޑިއޯއެއް ކުޅުނު މައްސަލައެއްގައި ފިލްމީތަރި ޕޫނަމް ޕާންޑޭ ހައްޔަރު ކޮށްފި

ބަރަހަނާ ވީޑިއޯއެއް ކުޅުނު މައްސަލައެއްގައި ބޮލީވުޑްގެ އެކްޓްރެސް އަދި މޮޑެލް ޕޫނަމް ޕާންޑޭ އާއި އޭނަގެ ފިރިމީހާ ހައްޔަރުކޮށްފިއެވެ.
ބޮލީވުޑްގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ޕޫނަމް އާއި އޭނަގެ ފިރިމީހާ ހައްޔަރުކުރީ ސަރުކާރު ބިމަކަށް ހުއްދަ ނުހޯދާ ވަދެ، ބަރަހަނާ ވީޑިއޯއެއް ނެގުމުންނެވެ.
ސަރުކާރުގެ ބިމެއްގައި މިފަދަ މަންޒަރުތަކެއް ނެގުމުން އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް އެދެމީހުންނަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދިނުމަށް ވެސް ގޮވާލާފައެވެ.

އެތަނުގައި ޕޫނަމް އާއި އޭނަގެ ފިރިމީހާ އެމަންޒަރުތައް ނަގަން ރައްކާތެރިކަން ދިނުމުގެ ކުށުގައި، ދެ ފުލުހެއް ވެސް ވަނީ ސަސްޕެންޑު ކޮށްފައެވެ.
ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް ޕަންކަޖް ކުމާރް ސިންގް ބުނުފައިވަނީ ގޯއާގެ ވޯޓަރ ރިސޯސަސް ޑިޕާޓްމަންޓުން ވަނީ މިދިޔަ އޮކްޓޯބަރު މަހު ގެ 31 ވަނަ ދުވަހު އެތަނަށް ދެ މީހަކު ސިއްރިއްޔާތުގައި ވަދެ ވީޑިއޯ އެއް ކުރިކަމަށް މައްސަލަ ހުށަހަޅާފައި ކަމަށެވެ.
ކެނަކޯނާ ފުލުހުން ޕޫނަމް އާއި އޭނަގެ ފިރިމީހާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުއެވެ.
ފުލުހުންނަށް ޕޫނަމް އާއި އޭނަގެ ފިރިމީހާ އަތުލައި ގަނެވުނީ ގޯއާ އިން ފިލަން އުޅެނިކޮށް ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
މިމައްސަލައިގައި ދެ ފުލުހަކު ސަސްޕެންޑު ކޮށްފައިވާއިރު، ބީޖޭޕީން ބުނީ އެމީހުން ސަސްޕެންޑު ކުރީ ޕޫނަމް އެ ވީޑިއޯ ނަގަން ރައްކާތެރިކަން ދިންކަން ހާމަވުމުން ކަމަށެވެ.