ކުޅިވަރު

އޯ ލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނު ފަސްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޯ ލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނު ފަސްކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

Ads by STELCO

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑް-19ގެ ސަބަބުން ސްކޫލްތަކުގެ ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުން ބައިވެރިވާ ސާނަވީ ނިންމާ އިމްތިހާން ތަކަށް ބޭނުންވާ ސިލަބަސް ނިންމައި އިމްތިހާން ތަކަށް ތައްޔާރުވުމަށް
އެކަށީގެންވާ ވަގުތު ލިބޭނެކަމަށް ނުފެންނާތީ މިއަހަރުގެ އޮކްޓޯބަރ ނޮވެމްބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީސީއީ އޯލެވެލް، އައި،ޖީ.ސީ،އެސް،އީ އަދި އެސް،އެސް،ސީ އިމްތިހާން އެދުވަސްވަރުގައި ނުބާއްވާގޮތަށް ނިންމާފައިވާ ކަމަށެވެ.

އަދި ބީޓެކްގެ މާއްދާތައް ކިޔަވާ ދަރިވަރުންގެ އެސައިންމަންޓް ސުންގަޑިތައްވެސް އަލުން މުރާޖަޢާކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ނިންމުމާއި ގުޅިގެން ދެން އިމްތިހާން ބާއްވާނެ ދުވަސްވަރެއް ކަނޑައެޅުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. މިބަދަލު ގެނައުމުގައި އެންމެބޮޑު އިސްކަމެއް ދޭނީ ދަރިވަރުންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށްކަމުގައި އެޑިއުކެޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި މިބަދަލާ ގުޅިގެން ކީސްޓޭޖް 5 (ގްރޭޑް 11 އަދި 12) ގެ ދަރިވަރުން ހަދާ އިމްތިހާންތައް ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ތާރީޚްތަކަށް އިތުރުބަދަލެއް ގެނައުމަށް ހަމަޖެހިފައި ނުވާވާހަކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!