ކޮވިޑްޖެހި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ 80 އަހަރުގެ މީހާގެ ހާލު ސީރިއަސް
ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮރޯނާ ވައިރަހަށް ޕޮސިޓިވްވެގެން ފަރުވާ ދެމުން ދިޔަ 80 އަހަރުގެ ދިވެހި މީހާގެ ހާލު ސިރިއަސް ވެއްޖެ އެވެ
އުމުރުން ދުވަސްވީ އެ މީހާ ވައިރަހަށް ޕޮޒިޓިވްވީ މިމަހުގެ 21 ވަނަ ދުވަހު އެވެ.
މިރޭ އިރާކޮޅުދަރުބާރުގޭ، އެންއޯސީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑރ. އިބްރާޙިމް އަފްޒަލް ވިދާޅުވީ، އޭނާގެ ހާލު ސީރިއަސް ވެގެން އޮކްސިޖަން މިހާރު ގުޅާފައިވާ ކަމަށެވެ
ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް19 ޖެހިގެން އިތުރު ދެމީހަކަށް ވެސް ދަނީ ފަރުވާ ދެމުންނެވެ. އެއީ 68 އަހަރުގެ ދިވެހި އަންހެނަކާއި 48 އަހަރުގެ ޕާކިސްތާނު ފިރިހެނެކެވެ. އަފްޒަލް ވިދާޅުވީ، 80 އަހަރުގެ މީހާގެ އިތުރުން ދެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުން ހާލު ރަނގަޅު ކަމަށެވެ.