ކޮވިޑް ޖެހިގެން ނިޔާވި މީހާގެ ކަށުކަމާކެމީގެ ކަންކަން ކުރާނީ ސިފައިންގެ އަންހެން ކަނބަލުން
ކޮވިޑް ޖެހިގެން ނިޔާވި މީހާގެ ކަށުކަމާކެމީގެ ކަންކަން ކުރާނީ ސިފައިންގެ އަންހެން ކަނބަލުންކަން ސަރުކާރުން ހާމަކޮށްފިއެވެ.
ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ކުއްލި ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، މިއަދު ކޮވިޑްގައި ފުރަތަމަ ފަހަރަށް މީހަކު ވަނީ ނިޔާވެފައިވާ ކަމަށާއި އޭނާގެ ނަމަކީ އައިމިނަތު އާދަމް ކަމަށެވެ. އަދި އޭނާ އަކީ ކޭސް 126 އާ ގުޅުން ހުރި ފަރާތެއްކަމަށާއި އޭނާގެ ސާމްޕަލް ނަގާފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
ނަމަވެސް ސާމްޕަލް ގެ ނަތީޖާ ލިބުނު އިރު މި މީހާ ވަނީ ނިޔާވެފައިވާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން މިރޭ އޭނާ ހިނެއުމުގެ ކަންކަން ކުރިޔަށްދާނެ ކަމަށާއި ހިނެއުމުގެ ކަންކަމުގައި އުޅޭނީ އަންހެން ސިފައިންގެ ބޭކަނބަލުން ކަަމަށް ވެސް އަމީން ފާހަގަކުރެއްވިއެވެ.
"އޭނާ މިރޭ ހިނެވުމުގެ ކަންކަމުގައި އުޅެނީ ސިފައިންގެ އަންހެން ބޭފުޅުން." އަމީން ވިދާޅުވިއެވެ.
އަމީން އިތުރަށް ވިދާޅުވީ،ސިފައިންގެ ބައެއް މީހުން ވަނީ ޕޮޒިޓިވްވެފައިވާ ކަަމަށާއި ނަަމަވެސް ސިފައިން ހިތްވަރާ އެކީގައި ކޮވިޑް-19 އަށް ކުރިމަތިލާކަމަށެވެ.
"ސިފައިންގެ ބައެއް މީހުން ވަނީ ޕޮޒިޓިވްވެފައި. އެކަމަކު ސިފައިން ހިތްވަރާ އެކީގައި ކޮވިޑް-19 އަށް ކުރިމަތިލާ ކަން ފާހަގަ ކުރަން. ޗީފް އޮފް ޑިފެންސް މޭޖަ ޖެނެރަލް އަބްދުﷲ ލަތީފް އާ ވާހަކަ ދެއްކިން."
ތަފްސީލް އަންނަނީ