ޚަބަރު

ކޮވިޑް ޖެހިގެން އައިސީޔޫގައި އެޑްމިޓްކޮށްފައި ވަނީ 5 މީހުން!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް ޖެހިގެން އައިސީޔޫގައި އެޑްމިޓްކޮށްފައި ވަނީ 5 މީހުން ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by MWSC

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރު މޫސާ ހުސައިން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ ހަތަރު ދިވެހިންނާއި އެއް ބިދޭސީއަކަށް ކަމަށެވެ.

"ދަރުމަވަންތަ ހޮސްޕިޓަލުގައި ފަސް މީހަކަށް ފަރުވާ ދެމުން އެބަދޭ. އޭގެ ތެރެއިން ތިން މީހަކު އެއީ އެހެން ބަލިތަކުގެ މީހުން. އޭގެ ތެރެއިން އެންމެ ދުވަސްވީ މީހާ މިއަދު އޮކްްސިޖަން ބޭނުންވެގެން އޮކްސިޖަން ދިނިން. އެކަމަކު އެއްވެސް މީހަކު ވެންޓިލޭޓަރަކަށް ނުލަން. މީގެ ތެރެއިން އެކަކު ފިޔަވައި އެހެން މީހުންނަކީ ދިވެހިން." ޑރ. މޫސަ ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު މިރޭ ވަނީ ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް19 ޖެހިގެން މީހަކު މަރުވެފައެވެ. އެމީހާ އަކީ 83 އަހަރުގެ އަންހެނެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!