ޚަބަރު

އިތުރު ދެ މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 280 އަށް އަރައިފި

ދެން އެމްވީ ، ދެން އޮންލައިން

އިތުރު ދެ މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 280 އަށް އަރައިފިއެވެ.

Ads by Hajj Corporation

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އަލީ ލަތީފް ވިދާޅުވީ އެ ދެ މީހުންނާއެކު ރާއްޖެއިން ފައްސިވި މީހުންގެ އަދަދު 280 އަށް އަރާފައިވާ ކަމަށެވެ. މިއާއެކު މިއަދު އެކަނި ވެސް ރާއްޖެއިން ވަނީ މި ބައްޔަށް 29 މީހަކު ފައްސި ވެފައެވެ.

މި ބައްޔަށް އިތުރު ދެ މީހަކު ފައްސިވިއިރު، ކޮވިޑްގައި މިއަދު ރާއްޖެއިން ވަނީ މީހަކު ނިޔާވެފައެވެ. ނިޔާވެފައިވަނީ އާމިނަތު އާދަމް ނަމަކަށް ކިޔާ އުމުރުން 83 އަހަރުގެ އަންހެނެކެވެ.

ރާއްޖެއިން ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ސަރުކާރުން މިއަދު ވަނީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް އިތުރުކުރަން ނިންމާފައެވެ.

މާލެ ސަރަހައްދުގައި އެންމެ ފުރަތަމަ ލޮކްޑައުން އިއުލާންކުރީ، މި މަހުގެ 15 ވަނަ ދުވަހު މާލެއިން މި ބައްޔަށް މީހަކު ފައްސިވުމާ ގުޅިގެންނެވެ. އެ ކޭސް އަށްފަހު ކޮންމެ ދުވަހަކުވެސް މާލެއިން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!