ޚަބަރު

މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށް، ޗައިނާއިން ރާއްޖެއަށް ޕީޕީއީ ގެނެސްފި

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށް، ޗައިނާއިން ރާއްޖެއަށް ޕީޕީއީ ގެނެސްފިއެވެ.

Ads by MWSC

މިކަން ހާމަކޮށް މިރޭ އެސްޓީއޯ އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ފްލައިޓަކީ ކޮވިޑް19 އިން ރައްކާތެރިވުމަށް ބޭނުންކުރާ ޕީޕީއީ އާއި ރާއްޖެއަށް ބޭނުންވާ އިތުރު ބައެއް ތަކެތި ގެނައުމަށް ޗާތަރުކޮށްގެން ބޭއްވި ފްލައިޓެކެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ކޮވިޑް19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ޗައިނާ ގެ ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން މީގެ ކުރިން ވަނީ ރާއްޖެއަށް ކޮވިޑް19 އަށް ޓެސްޓުކުރާ 10000 ކިޓު ހަދިޔާކޮށްފައެވެ.

އަދި މީގެ އިތުރުން ވެސް ރާއްޖޭގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކުން ދަނީ ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!