ކުޅިވަރު

ނަޓެއްލާ ޗޮކްލެޓް ފަޖް

މިއީ ފޮނި އެއްޗެއް ކާލާ ހިތްވާ ވަގުތު ތަކުގައި ނިކަން ފަސޭހައިން ހަދާލައިގެން ކާލެވިދާނެ މީރު އެއްޗެކެވެ.

މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 16 އެތިކޮޅެވެ.

ބޭނުންވާ ތަކެތި:

½ ޖޯޑު ނަޓެއްލާ

270 ގްރާމް މިލްކް ޗޮކްލެޓް (އަހަރުމެން ބޭނުން ކުރީ ލިންޓް ބްރޭންޑް)

1 ޖޯޑު ގެރިކިރު (އަހަރުމެން ބޭނުން ކުރީ ޑަބަލްޕީޗް)

ހަދާނެ ގޮތް:

  1. 8 އިންޗީގެ ހަތަރެސްކަން ތަބަކެއްގައި އެލުމިނިއަމް ފޮއިލް އަޅައި ތައްޔާރު ކުރާށެވެ.
  2. މި ރެސިޕީއަށް ބޭނުންވާ ހުރިހާ އެއްޗެއް ތެއްޔަކަށް އަޅާލާށެވެ. ޗޮކްލެޓްކޮޅު އަޅާނީ އައިސް އަލަމާރިން ބޭރުގައި ބާއްވައިގެން އޭގެ ފިނިކަން މުޅިން ކަނޑުވާލުމަށް ފަހުގައެވެ.
  3. ދެން ތެލި އުނދުން މައްޗަށް އުދާށެވެ. ނިކަން މަޑު ގިނީގައި ބަހައްޓައިގެން ހުއްޓާ ނުލާ ގިރަމުން ކައްކާލާށެވެ. ކައްކާނީ ހުރިހާ އެއްޗެއް ރަނގަޅަށް އެއްވެލަންދެނެވެ. މިކަމަށް ނަގާނީ ދެ މިނެޓެއް ހާއިރެވެ. މާގިނައިރު ކައްކައިފިއްޔާ ޗޮކްލެޓްކޮޅު އަނދާފާނެއެވެ. އެހެންވީމާ މިކަމަށް ސަމާލުވެލަން ވާނެއެވެ.
  4. ފޮއިލް އަޅައި ތައްޔާރު ކުރި ތަބަކުގެ ތެރެއަށް ތެލީގައި ހުރި ސާމާނު އޮއްސާލާށެވެ. ރީތިކޮށް މަތި އޮމާން ކޮށްލާފައި އައިސް އަލަމާރިއަށް ލާށެވެ. އައިސް އަލަމާރީގައި ސެޓް ވަންދެން ބައިންދާށެވެ. އަހަރުމެން ދެ ގަޑިއިރެއް ހާއިރު ފަހުން ބަލާލިއިރު އިނީ ސެޓް ވެފައެވެ. ސެޓް ވުމުން ތަބަކުގެ ތެރެއިން ނަގާފައި ގޮޅިގޮޅިއަށް ކަފާލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!