ޚަބަރު

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން ގިނައީ ފިރިހެނުން!

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރޭގައި ގިނައީ ފިރިހެނުން ކަމަށް އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

މިނިސްޓްރީ އޮފް ހެލްތް ގެ ޑޭޝްބޯޑުގައި އެންމެ ފަހުގެ ތަފާސްހިސާބުތައް އާންމުކުރަމުން އަންނައިރު، ރާއްޖެއިން ވައިރަހަށް ފައްސިވި މީހުންގެ 81.07 އިންސައްތައަކީ ފިރިހެނުންނެވެ. އެއީ ޖުމްލަ 227 މީހުނެވެ. ބާކީ 18.93 އިންސައްތަ އަކީ އަންހެނުންކަމަށް ވާއިރު ވައިރަހަށް ފައްސިވެފައިވަނީ 53 އަންހެނުންނެވެ.

މިހާތަނަށް ރާއްޖެއިން ވައިރަހަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 280 އެވެ. މީގެ ތެރެއިން މިހާރު ފަރުވާ ހޯދަމުން އަންނަނީ 263 މީހުނެވެ. ވައިރަހުގެ ސަބަބުން މިހާތަނަށް ރާއްޖެއިން އެކަކު މަރުވެފައިވާއިރު ޝިފާ ލިބިފައިވަނީ 17 މީހުނަށެވެ. އަދި ބާކީ ދެ މީހުން ވަނީ ރާއްޖެއިން ބޭރުގައެވެ.

ވައިރަހަށް ފައްސިވި މީހުންގެ އުމުރަށް ބަލާއިރު އެންމެ ގިނައިން ފައްސިވެފައިވަނީ 20 އަހަރާއި 40 އަހަރުގެ މީހުނެވެ. އަދި ބާރަ އަހަރުން ދަށުގެ 5 ކުޑަކުދިން ހިމެނޭއިރު 60 އަހަރުން މަތީގެ އެގާރަ މީހަކު ވެސް ވަނީ ވައިރަހަށް ފައްސިވެފައެވެ.

މާލޭގައި ވައިރަހުގެ ނުރައްކާތެރިކަން އިތުރުވަމުން އަންނައިރު މިހާތަނަށް ރާއްޖެއިން 128 ދިވެއްސަކު ވަނީ ފައްސިވެފައެވެ. އަދި ބަންގްލަދޭޝް ގެ 115 މީހަކަށް ބައލި ޖެހިފައިވާއިރު ދެން އެންމެ ގިނައިން ބަލި ޖެހިފައިވަނީ އިންޑިއާ މީހުނަށެވެ. އެއީ 17 މީހުނެވެ. މީގެ އިތުރުންވެސް ބަލި ޖެހުނު އިޓަލީ ގެ 11 މީހަކާއި، ޕާކިސްތާނުގެ 3 މީހަކާއި، އިންޑިއާ ދެ މީހެއްގެ އިތުރުން އިނގިރޭސިވިލާތުގެ މީހެއް ވެސް ހިމެނެވެ. ބަލި ޖެހުނު 3 މީހުންގެ ނަސްލު އަދި ހާމަކޮށްފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!