ދުނިޔެ

ވޯޓުލާ މަރުކަޒެއްގެ ކައިރީގައި ބޮން ގޮއްވަން އުޅޭ ކަމުގެ އިންޒާރާއެކު ތަން ހުސްކުރަން ފަށައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެމެރިކާގެ ޕެންސިލްވޭނިއާ ސްޓޭޓުގެ ވެރިކަން ކުރާ ފިލަޑޯފިޔާރ ސިޓީގެ ވޯޓުލާ މަރުކަޒު ކައިރީގައި ބޮން ގޮއްވާލަން އުޅޭ ކަމުގެ އިންޒާރާއެކު އެ ސަރަހައްދު ހުސްކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

ވޯޓުލާ އަދި ގުނުމުގެ މަސައްކަތް ކުރަމުން ގެންދާ ކޮންވެކްޝަން ސެންޓަރުގައި ބޮމެއް ގޮއްވާލަން އުޅޭ ކަމުގެ އިންޒާރާއެކު އެސިޓީގެ ފުލުހުން ވަނީ އެތަން ހުސްކުރުމަށް ފަހު މުޅިތަން ބަލާ ފާސްކޮށްފައެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން ގޮވާ ޒާތުގެ އެއްވެސް ކެމިކަލެއް އަދި އިތުރު އެއްޗެއް ވެސް ފެނިފައި ނުވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ފުލުހުން މި ސަރަހައްދު އެލާޓަށް ގެނެސްފައި ވަނީ އެ ސަރަހައްދުގައި ބޮން ގޮއްވާނެ ކަމަށް ބުނެ ލިބުނު އިންޒާރުގެ ދެ ފޯނު ކޯލަކާ ގުޅިގެންނެވެ.

ބުރާސްފަތި ދުވަހު މި ސަރަހައްދުގައި ހަތިޔާރާއެކު ހަރަކާތްތެރިވި މީހެއް ވެސް ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް މި ދެ މައްސަލައިގައި ގުޅުމެއް ހުރި ކަމެއް އަދި ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

ޕެންސިލްވޭނިއާ ސްޓޭޓުގެ ވޯޓު ގުނުމުގެ މަސައްކަތް އަދި ވެސް ކުރަމުން އަންނައިރު އެމެރިކާގެ ރައީސް ފަހަތަށް ޖައްސާލެއްވުމަށް ފަހު މިވަގުތު ކުރީގައި އޮންނެވީ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑަންއެވެ. ޕެންސިލްވޭނިއާ ސްޓޭޓަކީ 20 އިލެކްޓޯރަލް ވޯޓެވެ.

އެމެރިކާގެ އިންތިޚާބީ ޤަވާއިދުގެ މަތިން ރައީސް ކަމަށް ކުރިމަތި ލައްވާ ކެނޑިޑޭޓަކު ޖުމްލަ 270 އިލެކްޓޯރަލް ކޮލެޖް ވޯޓް ހޯއްދަވަން ޖެހެއެވެ. މިހާތަނަށް އިޢުލާން ކޮށްފައިވާ ވޯޓްތަކުން ދައްކާ ގޮތުގައި ޓްރަންޕަށް ލިބިވަޑައިގެންފައި ވަނީ، 214 އިލެކްޓޯރަލް ވޯޓް އެވެ. އަދި ބެއިޑަން އަށް 264 އިލެކްޓޯރަލް ވޯޓާއެކު ކުރީގައި އުޅުއްވާއިރު އިންތިޚާބު ކާމިޔާބު ކުރަން އެމަނިކުފާނަށް ދެން ބޭނުން ވަނީ ހަ އިލެކްޓޯރަލް ކޮލެޖް ވޯޓެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!