ކަނޑުހުޅުދޫގައި ވަޅަށް ވެއްޓުނު ކުޑަ ކުއްޖަކު ނިޔާވެއްޖެ
ގއ. ކަނޑުހުޅުދޫގައި އުމުރުން ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވަޅަށް ވެއްޓި ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެކުއްޖާ އެ ރަށުގެ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލު ބުނެފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު 11:00 ހާއިރު ކަމަށެވެ. މި މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.
Ads by STO