ޚަބަރު

"ބާޒާރުމަތި ތޮއްޖެހިފައިވާ މަންޒަރު ފެނިފައި ދެރަވެ، ކަންބޮޑުވޭ"

ދެން އެމްވީ ، ދެން އޮންލައިން

މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން އެ ރަށް ލޮކްޑައުންކޮށްފައި އޮތް ނަމަވެސް ބާޒާރު މަތި ތޮއްޖިފައިވާ މިންވަރު ފެނި ދެރަވެ ކަންބޮޑުވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެއެވެ.

Ads by MWSC

ކޮވިޑް ޖެހިގެން ރާއްޖެއިން ފުރަތަމަ ފަހަރަށް މީހަކު ނިޔާވުމާ ގުޅިގެން ރޭ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ބާޒާރުގައި މުދާ ވިއްކަން އިންނަ މީހާގެ ޒިންމާ އާއި މުދާ ގަންނަން ދާ މީހާގެ ޒިންމާ ވަކި ކުޑައެއް ނޫން ކަމަށް ވެސް އަމީން ވިދާޅުވިއެވެ. އަދި ގޭ ތިރިން ފިހާރައަށް ހިދުމަތެއް ހޯދަންދާ މީހާގެ ޒިންމާ ވެސް ކުޑަ ނޫން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް މިއަދު ވެސް ބާޒާރު މަތިން ފެނުނު ބައެއް ފޮޓޯތައް ފެނުނީމަ، އަޅުގަނޑު ހަމަ ދެރަވެ، ކަންބޮޑުވޭ. ސިފައިންނާއި ފުލުހުން މަގުމަތީގެ ކަންކަން އެވަރަށް ބަލަމުންދާއިރު ވެސް ބައެއް ފޮޓޯތައް ފެނުނީމަ އިންތިހާއަށް ކަންބޮޑުވި. ގަބޫލު ކުރަނީ މުދާ ގަންނަ މީހާ އާއި މުދާ ވިއްކަން އިންނަ މީހާ އަށް ސަރުކާރުން ދޭ އިރުޝާދުތައް އަޑު އިވިފައިވާނެ ކަމަށް." އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ކިތަންމެ ކުދި ކުދި ކަންކަން ކަމަށް ހީވިޔަސް މިއީ ހަގީގަތުގައި މި ބަލިން ރައްކާތެރިވުމަށް އަޅުގަނޑުމެން އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކެއް ކަމަށާއި އެ ޒިންމާ އަޅުގަނޑުމެން ފަރުދީގޮތުން އަދާކުރެވިއްޖެ ކަމުގައިވާ ނަމަ ރާއްޖޭގައި މި ބަލި ފެތުރިގެންދާ މިންވަރު މަދުކުރެވޭނެ ކަމަށެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ ގިނަ ބަޔަކު ކައިރި ކައިރީގައި މަސައްކަތް ކުރަމުންދާ މަންޒަރެވެ. ގިނަ މީހުން މާސްކާއި އަންގި އަޅައިގެން ތިއްބަސް، އެ ފޮޓޯތަކުން ފެންނަނީ އިޖުތިމާއީ ގައިދުރުކަން އެއްވެސް ވަރަކަށް ނުގެންގުޅޭ ތަނެވެ.

ކަމާބެހޭ ފަރާތްތަކުން ކުރިން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް-19 ގެ ބިރުވެރިކަން އެންމެ ބޮޑަށް މިހާރު އޮތީ ބާޒާރު މައްޗަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!