ޚަބަރު

އިތުރު 95 މީހަކު ކޮވިޑަށް ފައްސިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން އިތުރު 95 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕިއޭ) އިން ބުނީ ފައްސިވި 95 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް 61 މީހަކާއި 32 އިންޑިއާ މީހަކާއި ނޭޕާލަށް ނިސްބަތްވާ ދެ މީހެއް ކަމަށެވެ.

މި 95 މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 396 އަށް އަރާފައެވެ. މިއަދަކީ އެއް ދުވަހެއްގައި ރާއްޖެ އިން އެންމެ ގިނަ އަދަދަކަށް މީހުން ފައްސިވި ދުވަހެވެ.

ކޮވިޑް ޖެހިގެން އިއްޔެގެ ވަގުތެއްގައި ރާއްޖެއިން ވަނީ ފުރަތަމަ ފަހަރަށް މީހަކު ނިޔާވެފައެވެ. މި ބަލީގައި ނިޔާވެފައިވަނީ އުމުރުން 83 އަހަރުގެ އާމިނަތު އާދަމްއެވެ.

ރާއްޖެއިން ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ސަރުކާރުން އިއްޔެ ވަނީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް އިތުރުކުރަން ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!