ދުނިޔެ

ބައިޑަންއަށް ރައީސްކަން ލިބިވަޑައިގަތްކަން އިޢުލާންކުރިއިރު، ޓްރަންޕް ހުންނެވީ ގޮލްފް ކުޅުއްވަން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޑިމަކްރަޓިކް ކެނޑިޑޭޓް އިންތިޚާބީ ރައީސް ޖޯ ބައިޑަންއަށް އިންތިޚާބު ކާމިޔާބު ކުރެއްވިކަން އިޢުލާން ކުރެއްވިއިރު، ރައީސް ޓްރަންޕް ހުންނެވީ ގޮލްފް ކުޅުއްވަންކަން ހާމަވެެއްޖެއެވެ.

Ads by Sosun Fihaara

ސީއެންއެންއިން ހާމަ ކޮށްފައިވާ ގޮތުގައި މީގެ 30 މިނެޓް ކުރިން، ވާޖިނިއާގައި ހުންނަ ޓްރަންޕް ނޭޝަނަލް ގޯލްފް ކްލަބަށް ޓްރަންޕް ވަނީ ވަޑައިގެންފައެވެ.

ސީއެންއެން ބުނެފައިވާގޮތުގައި މިއީ ވެރިކަމަށް ހޮވި ވަޑައިގަތްފަހުން ގޮލްފް ކްލަބަކަށް ޓްރަންޕް ކުރެއްވި 299 ވަނަ ޒިޔާރަތެވެ. އެންމެ ފަހުން ޓްރަންޕް ގޮލްފް ކުޅުއްވާފައި ވަނީ 27 ސެޕްޓެންބަރުގައެވެ. އޭގެ ފަހުން އިންތިޚާބުގެ ކަންކަމުގައި ބުރަކޮށް އުޅުއްވާތީ ގޮލްފް ކުޅުމާ ދުރުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓްރަންޕް ގޮލްފް ކުޅުއްވަން ވަޑައިގެންފައިވަނީ، "މޭކް އެމެރިކާ ގްރޭޓް އެގެއިން" ސްލޮގަން ޖެހި ތޮތްޕެއް އަޅައިގެންނެވެ. އަދި އަދި ތުރުކުރައްވައިގެން ހުރީ ގޮލްފް ކުޅުއްވާ ކަހަލަ ބޫޓެއް ނޫން ކަމަށް މީޑިޔާއިން ރިޕޯޓް ކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!