ކޮވިޑް19: މަރުގެ ތުންފަތްފަތިން 4 ފަހަރު ސަލާމަތްވި އެމެރިކާގެ ކާފަ
އިނގިރޭސިވިލާތަށް އުފަން 107 އަހަރުގެ ރުޑޮލްފް ހެއިޑަރ އަކީ 1918-1920 އާއި ދެމެދު ފެތުރު ސްޕެނިޝް ފުލޫ އާއި، 1930 ފުރަތަމަ އަހަރުތަކުގައި އައި "ދަ ގްރޭޓް ޑިޕްރެޝަން" އަދި 3 ވަނަ ބޮޑު ހަނގުރާމައިގެ ދަތި ދުވަސްތަކުގައި އުޅެ އެހުރިހާ ވޭނެއް ތަހައްމަލު ކޮށްފައިވާ މީހެކެވެ. އެންމެ ފަހުން ރުޑޮލް ކާމިޔާބު ކުރި ހަނގުރާމައަކީ ކޮވިޑް-19ގެ ހަނގުރާމައެވެ.
އެމެރިކާގެ މިސޫރީގެ މުސްކުޅިން ބަލަހައްޓާ ގެއެއްގައި އޮވެ މި ބަލިން ސަލާމަތްވި ރުޑޮލްފްއަކީ މިހާނަށް މި ބަލިން ފަރުވާ ލިބުނު އުމުރުން އެންމެ ދުވަސްވީ މީހާއެވެ. ރުޑޮލްފް އަށް ކޮވިޑް-19 ޖެހުނީ މިދިޔަ މަހު އެވެ. އަދި އެކަމުން ސަލާމަތް ވެގެން ނިކުމެވުނީ މިދިޔަ އަންގާރަ ދުވަހު އޭނާގެ 107 ވަނަ އުފަން ދުވަހާ ދިމާކޮށެވެ.
ރުޑޮލް މިހާރު ވަނީ ބަލިން ފަސޭހަ ވުމަށް ފަހު ފުރިހަމަ ކުރަންޖެހޭ 2 ހަފްތާގެ ކަރަންޓީން ނިންމާ އަލުން ޓެސްޓްކޮށް ބައްޔަށް ނެގަޓިވް ވެފައެވެ.
މިވަރުގެ ބޮޑު ބައްޔަކުން މިހާ ދޮށި އުމުރުގައި ސަލާމަތް ވުމުގެ ފަހަތުގައި ވަނީ ކޮން ސިއްރެއްތޯ، ރުޑޮލްފްގެ ކާފަދަރިފުޅު މެތިއު ކާރި އެހުމުން، އެނާ ބުނީ " ކަންކަން ރަގަޅު ވާނެކަމަށް ވިސްނުމާއި، ސިކުނޑި ހަރަކާތްތެރި ކޮށް ބެހެއްޓުން" ކަމަށެވެ. ރުޑޮލްފް ގެ އާއިލާގެ ފަރާތުން ރުޑޮލްފް ގެ ވާހަކަ ދުނިޔެއާ ޙިއްސާ ކުރަން ބޭނުންވީ އެހެން މީހުންނަށް އުއްމީދު ދިނުމަށެވެ.
މިމަހުގެ ކުރީކޮޅު ކޮވިޑް-19 އިން ސަލާމަތްވި، ނިއުޔޯކުގެ 101 އަހަރުގެ އެންޖެލީނާ ފްރެޑްމަން އަކީ ސްޕެނިސް ފުލޫގެ އިތުރުން ކެންސަރާ ހަނގުރާމަ ކޮށް، އެބަލިން ވެސް ޝިފާ ލިބިފައިވަ މީހެކެވެ. ބަރމިންހަމް އަށް 106 އަހަރުގެ ކޯނީ ޓައިޗެން އަށް ކޮވިޑް-19 ޖެހި އޭގެ 3 ހަފްތާފަހުން ބަލިން ރަގަޅުވެގެން ގެއަށް ދޫކޮށްލި ދުވަހުވެސް ހޮސްޕިޓަލްގެ އެންމެން އޭނާއަށް މަރުޙަބާ ކިޔެވެ. އޭރު އެންމެ ދުވަސްވީ މީހަކަށް މި ބަލިން ޝިފާ ލިބުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ކޯނީއެވެ. ކޯނީގެ ކުރިން މި ރެކޯޑް އޮތީ އިޓަލީއަށް ނިސްބަތްވާ 104 އަހަރުގެ އަދާ ޒަނުސޯ އަތުގައެވެ.