ޚަބަރު

ޕްރޮކިއުމެންޓް ޕޮލިސީ ބޯޑުގެ ސައްޙަކަމާމެދު ސުވާލު އުފެދިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އުފެއްދި ގޮތާ މެދު ސުވާލު އުފެދިއްޖެއެވެ. އެކަމާއިމެދު ސުވާލު އުފެދިފައި މިވަނީ މާލިއްޔަތު ގަވައިދު އިސްލާހު ނުކޮށް ޕޮލިސީ ބޯޑު އުފައްދާފައިވުމުން ކަމަަށް މައުލޫމާތު ލިބެއެވެ.

Ads by STELCO

މިއަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު އެކުލަވާލި މިބޯޑުގައި ހަތް މެންބަރުން ހިމެނެއެވެ.

އެބޯޑުގެ ޗެއާޕަރސަން އަކީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަރީފުވެސް އެ ބޯޑުގައި ހިމެނި ވަޑައިގަންނަވައެވެ. މިބޭފުޅުންގެ އިތުރުން ދެން އެބޯޑުގައި ހިމެނި ވަޑައިގަންނަވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން އަޖުވަދު މުސްތަފާ އާއި، އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ޝުހާދު އިބްރާހިމާއި، ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޝިފާޒު އަލީ އާއި، އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިބްރާހިމް ނައީމް އަދި ޕްރައިވެޓް ސެކްޓާއިން ޑރ. މުހައްމަދު އާދިލެވެ.

ޕްރޮކިއުމެންޓް ޕޮލިސީ ބޯޑު އުފެއްދި އިރު މާލިއްޔަތު ގަވާއިދުގެ 10.06ގައި ވަނީ ޕްރޮކިއުމަންޓާއި ގުޅޭ ކަންކަން ރާވައި ހިންގައި މާލިއްޔަތު ގަވާއިދާ ބެހޭގޮތުން ނެރެންޖެހޭ އެންމެހައި ސާކިއުލާތަކާއި ދެންނެވުންތައް ނެރޭނީ މިނިސްޓަރު ނުވަތަ އެކަން ލިޔުމުން ހަވާލު ކުރުމުން ފައިނޭންޝަލް ކޮންޓްރޯލަރު ކަމަށެވެ.

ނަމަވެސް، މާލިއްޔަތު ގަވައިދަށް ގެނައި އިސްލާހާއެކު އެ ގަވައިދުގެ 10.06ގައި މިހާރު ވަނީ ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާ ކުރުމާއި، އެ ގަވާއިދުގެ ދަށުން ޕްރޮކިއުމަންޓާ ބެހޭގޮތުން ނެރެން ޖެހޭ އުސޫލުތައް އެކުލަވާލާނީ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ކަމަށް ކަނޑައަޅާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!