ކެޓްރީނާ އަނެއްކާވެސް ރާއްޖޭގައި

ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ކެޓްރީނާ މިފަހަރު ރާއްޖެ އައީ އޭނަގެ ގާތް ރަހުމަތްތެރިޔާ އަދި މޭކަޕް އާޓިސްޓް ޑޭނިއަލް ސީ ބައޮރް އާއި ސެލެބްރިޓީ ހޭއާ ސްޓައިލިސްޓް ގެބްރިއަލް ޖަވްރްޖީއޯ އާއެކުގައެވެ.
ކެޓްރީނާ ވަނީ އެއާޕޯޓުގައި ހުރެފައި ޑޭނިއަލްގެ ފޮޓޯއެއް އިންސްޓަގްރާމް ސްޓޯރީއަށް ލާފައި ވެއެވެ. އެ ފޮޓޯގައި ދެ ހާޓް އެމޯޖީއާއެކު "ގެސް ހޫޒް ބެކް" ވެސް ޖަހާފައި ވެއެއެވެ. އަދި އޭނާ ވަނީ މުމްބާއީ އެއާޕޯޓުން ތަނަކަށް ފުރާކަން ބުނެ ފޮޓޯއެއްވެސް އާއްމުކޮށްފައެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ޗުއްޓީއެއް ހޭދަކުރަން ކެޓްރީނާ ރާއްޖެ އައިސްފައި ވަނީ މިއަދުއެވެ.
ކެޓްރީނާ އަކީ މީގެ ކުރިންވެސް ޗުއްޓީއެއް ލިބުމާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ތަރިއެކެވެ. އަދި ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދީ، އޭނާ ވަރަށް ގިނައިން ފޮޓޯވެސް ނަގާ މީސްމީޑިއާގައި ހިއްސާ ކުރެއެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ކެޓްރީނާ ރާއްޖެ އައިސްފައި މިވަނީ ދެން އެންމެ އަވަހަށް އޭނާގެ ފެށެން އުޅޭ ފިލްމުގެ ޝޫޓިންގ ފެށުމާއި ދެމެދު ޗުއްޓީއެއް ލިބުމުންނެވެ.