Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

މަސްޖިދުލް ޙަރަމް އާއި މަސްޖިދުލް ނަބަވީ މުސްލިމުންނަށްޓަކައި ހުޅުވާލައިފި

މިއަދުން ފެށިގެން މަސްޖިދުލް ޙަރަމް އާއި މަސްޖިދުލް ނަބަވީ މުސްލިމުންނަށްޓަކައި ހުޅުވާލައިފިއެވެ.

ސައުދީގެ މިނިސްޓްރީ އޮފް ހައްގު އެންޑް އުމްރާއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން މަސްޖިދުލް ޙަރަމް އާއި މަސްޖިދުލް ނަބަވީ މުސްލިމުންނަށްޓަކައި ހުޅުވާލެވިފައިވާ ކަމަށާއި ނަމަވެސް ދެ ހަރަމްފުޅަށް ވެސް ވަދެވޭނީ ޝަރުތުތަކަކާ އެކު ކަމަށެވެ.

އެގޮތުން ދެ ހަރަމްފުޅަށް ވެސް ވަދެވޭނީ އަމިއްލަ މުސައްލަ ގެންދަން ޖެހޭނެ ކަމަށާއި މުސައްލަ ނުލާ ދާ މީހަކަށް ނުވަދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ހަރަމްފުޅުގައި ބަހައްޓާފައި ހުންނަ ގުރްއާންގެ މުޞްޙަފްތައް ބޭނުމެއް ނުކުރެވޭނެ ކަމަށާއި ގުރްއާން ކިޔަވަން ބޭނުން ނަމަ ޖެހޭނީ އަމިއްލަ މުޞްޙަފްތައް ގެންދަން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

Advertisement
Allied — Dhen Online (box)

އެ މިނިސްޓްރީން ބުނީ އަނެއް ޝަރުތަކީ މަސްޖިދުގައި ތިބޭވޭނީ މާސް އަޅައިގެން އެކަށީގެންވާ ދުރުމިން ބަހައްޓައި ކަމަށާއި މަސްޖިދުގެ ބޭރުގައި ބަހައްޓާފައި ހުންނަ ސެނެޓައިޒަރު ބޭނުން ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި މަސްޖިދުގައި ހުންނަ ފާހާނަތަކާއި ވޮޝްރޫމްތައް ހުންނާނީ ބަންދު ކޮށްފައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް