ޚަބަރު

ކަނޑިންމަ ރިސޯޓުގެ މައްސަލައިގައި ރިސޯޓު ދިފާއު ކުރައްވައި ނަޝީދު ވާހަކަ ދައްކަވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ގަސްތުގައި މުވައްޒަފުންނާ މެދު ދެރަކޮށް ހެދުމަކީ ރިސޯޓުތަކުގެ ވެރިންގެ އަމާޒެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ނަޝީދު މިއަދު މިހެން ވިދާޅުވީ ކަނޑިންމަ ރިސޯޓުން ކޮވިޑް-19 ގައި މުވައްޒަފަކު މަރުވި މައްސަލައިގައި މަަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާ ގުޅިގެންނެވެ.

ނަޝީދު ވިދާޅުވީ ރިސޯޓްތަކުގެ ވެރިން މުވައްޒަފުން ރަނގަޅަށް ގެންގުޅޭތަން ފެންނަ ކަމަށާއި ރިސޯޓުގެ  ވެރިފަރާތުގެ އިހުމާލެއް އޮންނަ ގޮތަށް ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.

އަދި ކަނޑިންމަ ރިސޯޓުގެ ވެރިއަކީ ޓޫރިޒަމް ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އަންނަ ފަރާތެއް ކަމަށެވެ.

"އަޅުގަނޑެއް ނުދެކެން ރިސޯޓްތައް ހިންގާ ފަރާތްތަކުން ކަނޑައެޅިގެން ގަސްތުގައި އެ ބޭފުޅުންގެ މުވައްޒަފުންނަށް ދަތިކޮށް ނުވަތަ ދެރަކޮށް ހިތުމަކީ އެއީ އެމީހުންގެ އަމާޒެއް ކަމަށް" ނަޝީދު ވިދާޅުވިއެވެ.

ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު ކޮވިޑް-19 ޖެހިގެން ނިޔާވެފައި ވަނީ ބަލިވެ އުޅޭތާ ގާތްގަޑަކަށް 10 ދުވަސް ފަހުންނެވެ. މިކަމާއި ގުޅިގެން މިހާރު އެ ރިސޯޓްގެ މުވައްޒަފުން ދަނީ ކޮވިޑަށް ޓެސްޓު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!