ދުނިޔެ

ކަމަލާ ހެރިސް: އިސްރާޢީލްގެ މިތުރެއް، މުސްލިމުންގެ ހަތުރެއް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެމެރިކާގެ ރިޔާސީ އިންތިޚާބު ވެގެންގޮސްފައި ވަނީ މުސްލިމުންނަށް މުހިންމުވި އިންތިޚާބަކަށެވެ. އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަންޕް ފާޅުގައި މުސްލިމުންނަށް އެތައް އަނިޔާއެއްދީ، މުސްލިމުން އެޤައުމަށް އެތެރެވިޔަ ނުދޭން މަސައްކަތް ކޮށްފައިވާއިރު، އެމެރިކާގެ އިންތިޚާބީ ރައީސް ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ ވެރިކަމެއްގައި މުސްލިމުންގެ ޙައްޤުތައް ހިމާޔަތް ކޮށްދެއްވާނެ ކަމަށެވެ. މިއާއެކު މުސްލިމުންގެ ހިތްތަކުގައި ބައިޑަންގެ ސަރުކާރަށް އޮތް ލޯބިވަނީ އުތުރި އަރާފައެވެ.

Ads by Sosun Fihaara

ނަމަވެސް ބައިޑަންގެ ބަހާ އެއްގޮތަށް، އަމަލުފުޅު ބަހައްޓަވާނެތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.ސަބަބަކީ އިންޑިޔާ އަދި ޖަމައިކަން ދަރިކޮޅަށް އުފަން އިންތިޚާބީ ނައިބު ރައީސާ، ކެލެފޯނިއާގެ ސެނެޓަރ ކަމަލާ ހެރިސްގެ ބަސްމަގު މީގެ ކުރިން ހުރި ގޮތުންނެވެ.

ކަމަލާ އަކީ އިސްރާޢީލަށް ތާޢީދު ކުރައްވާ ބޭކަނބަލެކެވެ. ކޮންމެ ދުވަހަކު ފަލަސްތީންގެ މުސްލިމުންނަށް ދެމުންދާ އެތަކެއް ލާއިންސާނީ އަމަލުތަކަށް ބީރު ކަންފަތެއް ދެއްވަމުން ގެންދެވި ބޭކަނބަލެކެވެ.

2017 ވަނަ އަހަރު އެމެރިކަން އިސްރާއީލް ޕަބްލިކް އެފެއާޒް ކޮމިޓީގެ ޕޮލިސީ ކޮންފަރެންސްގައި ދެއްވި ތަޤުރީރު މިކަމަށް ހެކިދެއެވެ. އެތަޤްރީރުގައި ކަމަލާ ވިދާޅުވެފައި ވަނީ އެމެރިކާއިން ތިބެން ޖެހޭނީ އިސްރާޢީލްގެ ފަހަތުގައި ކަމަށް ތަކުރާރުކޮށް ވިދާޅުވެއެވެ. 3 މިނެޓް ތެރޭގައި، އެމެރިކާއިން އިސްރާއީލަށް ވާގިވެރިވާން ޖެހޭނެ ކަމަށް ތިން ފަހަރެއްގެ މަތިން ކަމަލާ ވިދާޅުވެފައެވެ. ކަމަލާ ފާހަގަ ކުރެވެނީ ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވާ ސެނެޓް މެންބަރުންގެ ތެރެއިން އެންމެ ބޮޑަށް އިސްރާއީލްގެ ލާއިންސާނީ އަމަލުތަކަށް ތާއިދު ކުރާ މެންބަރުގެ ގޮތުގައެވެ.

ނައިބު ރައީސްގެ ގޮތުގައި ހޮވިވަޑައިގަތުމުގެ ކުރިން ހެރިސް ހުންނެވީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލިހުގެ މަތިގޭގެ (ސެނެޓްގެ) މެންބަރުންގެ ތެރެއިން ކަޅު ނަސްލަށް ނިސްބަތް ވަޑައިގަންނަވާ ހަމައެކަނި އަންހެން ބޭފުޅާގެ ގޮތުގައެވެ. އުމުރުން 55 އަހަރުގެ ހެރިސަކީ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ޕާޓީގެ ޕުރައިމަރީގައި ބައިޑަންއާ ދެކޮޅަށް ވާދަކުރެއްވި ބޭފުޅެކެވެ. ރިޔާސީ ޓިކެޓު ހޯއްދެވުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން، އޭގެ ފަހުން ނައިބު ރައީސްގެ މަޤާމަށް ބައިޑަންގެ އަރިހުގައި ވާދަ ކުރައްވާނީ ހެރިސްކަމަށް ބައިޑަން ވަނީ ނިންމަވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!