ސަރުކާރުން މިއަހަރު ހެދި ގޯސްތައް ޖަމީލު ފާހަގަކޮށްފި

އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެ އަހަރު ފުރިފައިވާއިރު، މިސަރުކާރުން ހަދަމުންދާ ގޯސްތައް ނޯޓުކޮށް ކުރީގެ ނައިބުރައީސް ޑރ.މުހައްމަދު މުހައްމަދު ޖަމީލް ޓުވީޓެއް ކުރައްވާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅު ވެއްޖެއެވެ.
އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ޖަމީލް، އިދިކޮޅު ޕީޕީއެމް،ޕީއެންސީއާ ގުޅިވަޑައިގެންނެވި ފަހުން ގެންދަވަނީ އެކި މުނާސަބަތުތަކާ ގުޅުވައިގެން ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.
ބަލާލި ކޮންމެ ދިމާއަކުން ވެސް ފެންނަނީ ހާސްވެ ނުތަނަވަސް ވެފައިވާ ދިވެހި ރައްޔިތުން ކަމަށާއި، ގައުމުގެ މިސްރާބު އޮޅި މުޅި ގައުމު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް މިއަދު، ޖަމީލު ކުރެއްވި ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.
ކުރީގެ ނައިބުރައީސް ޑރ މުހައްމަދު މުހައްމަދު ޖަމީލް ވަނީ މިދިޔަ އަހަރުގެ ފަހު ދުވަހު ވެސް މިފަދަ ޓުވީޓެއް ކުރައްވާފައެވެ. އެ ޓުވީޓުގައި ވެސް ސަރުކާރުން ކޮށްފައިވާ ގޯސްތައް ލިސްޓު ކުރައްވާ ވަނީ ޓުވީޓު ކުރައްވާފައެވެ.