ދިވެހި ސިނަމާ ލައިފްސްޓައިލް

"ޝަރުމީލާ" ވީ ތަނެއް ނޭނގެ، އެކަމަކު ފިޓްފާޒިލް މިފަހަރުވީ ވަގަކަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ މާގިނަ ދުވަސްތަކެއްވީ ކަމެއް ނޫނެވެ. އިންސްޓަގްރާމް މެދުވެރިކޮށް މަޝްހޫރު ފިޓްނަސް އިންސްޓްރަކްޓަރ ފާޒިލް އިސްމާއިލް، ނުވަތަ އޭނާގެ އާންމު ނަމުންނަމަ "ފިޓް ފާޒިލް" ހުޅުވާލި "ގިވްއަވޭ" އެއްގެ ދަލުގައި އެތައް ބައިވަރު މީހުންޖެހުނެވެ.

Ads by MWSC

މޮޅުވާ ފަރާތަކަށް ނުހަނު އަގުހުރި އިނާމުތައް ދޭނެކަމަށް ބުނެ ދެއްކި ހުވަފެންތަކުގައި އެތައް ބައިވަރު ބަޔަކު ބައިވެރިވިއެވެ. ނަމަވެސް މޮޅުވި ފަރާތެއް ކަމަށް ބުނެ ފިޓްފާޒިލް ވަނީ ކޮންމެވެސް އައިޝަތު ޝަރުމީލާ އެއް ތަޢާރަފް ކޮށްފައެވެ.

ޝަރުމީލާގެ އެކައުންޓަކީ ފޭކް އެކައުންޓެއްކަން އާންމުންނަށް އެނގުމުން ފިޓްފާޒިލް ދެން އާންމުކުރީ ވީޑިއޯއެކެވެ. އޭގެން ފެންނަނީ މޫނު ބުރުގާ އަޅައިގެން ހުރި މީހަކަށް، އެއީ ޝަރުމީލާ ކަމަށްބުނެ، އިނާމުތައް ދީފައިވާކަން ދައްކާފައެވެ.

ނަމަވެސް އާންމުން އެއަށްވުރެ މާހުޝިޔާރެވެ. އިނާމު ލިބޭނެކަމަށް ކުރިން އިއުލާނުކުރި ކުއްޖާ ހުރީ މޫނު ބުރުގާ ނާޅާ ފޮޓޯއެއް ވެސް ނަގާ، ޕްރޮފައިލް ފޮޓޯއަށްލާފައިކަން ބެލުންތެރިންނަށް އޮޅުވައެއް ނުލެވުނެވެ.

ނަތީޖާއެއްގެ ގޮތުން ފިޓް ފާޒިލް ވަނީ ކުރި ކަންތައްތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދިފައެވެ.

އޭގެފަހުން ފާޒިލްގެ އަޑެއްބަޑެއް ދެން އިވިފައި މިވަނީ ވަރަށް ފަހުންނެވެ. "މަނީ ހޭސްޓް" އަސްލަކަށް ބަލައިގެން ފާޒިލް ވަނީ ޕިއްޒާތަކެއް ވަގަށް ނެގުމުގައި އެންމެ އިސްކޮށް ހަރާކާތްތެރިވި މީހެއްކަމަށް ދައްކާ އިޝްތިހާރެއް ކުޅެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!