ދުނިޔެ

ކޮވިޑް-19 ގެ ވެކްސިންގެ މަޢުލޫމާތު ހޯދުމަށް އީރާން އަދި ރަޝިޔާއިން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތައް ހެކް ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުން އުފައްދަން މަސައްކަތް ކުރަމުންދާ ކޮވިޑް-19ގެ ވެކްސިންގެ މަޢުލޫމާތު ހޯދުމަށް އީރާން އަދި ރަޝިޔާއިން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުގެ ސިސްޓަމްތައް ހެކް ކުރަން މަސައްކަތް ކުރަމުންދާކަމަށް "ދަ މެއިލް" އިން ހާމަ ކޮށްފިއެވެ.

Ads by Sosun Fihaara

ދަ މެއިލް ހާމަކޮށްފައިވާ ގޮތުގައި މިގޮތަށް ލިބިފައިވާ ހަމަލާތަކަކީ އީރާން އަދި ރަޝިޔާއިން ދޭ ހަމަލާތަކެއްކަން ވަނީ ޔަގީން ކުރެވިފައެވެ. އަދި މިގޮތަށް ސައިބަރ ހަމަލާތަކެއް ދެމުން ދިޔަ ނަމަވެސް ބޮޑު އެއްވެސް ހަމަލާއެއް ކާމިޔާބެއް ނުވާ ކަމަށާއި ނެޝަނަލް ހެލްތު ސަރވިސަސްއަށް އަދި މީގެ އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވާ ކަމަށް ހާމަކޮށްފައިވެއެވެ.

2016 އަހަރު ނެޝަނަލް ހެލްތު ސަރވިސަސް ހެކް ކުރުމުގެ ސަބަބުން ބޮޑެތި ގެއްލުން ތަކެއް ވަނީ ލިބިފައެވެ. މި ގޮތަށް ހަމަލާ ދެވެމުންދަނީ އިންސްޓިޓިއުޓްތަކުގެ އީމެއިލް އަދި ސަރވަރގެ އިތުރުން ސައިންޓިފިކް ފެސިލިޓީތަކަށެވެ. އެހެން ކަމުން މިއީ ކޮރޯނާ ވައިރަސް އާ ގުޅިގެން އިނގިރޭސި ވިލާތުން އެއްކުރާ މައުލޫމާތު ވަގަށް ނެގުމަށް ކުރާ ކަމެއްކަމަށް ބެލެވެއެވެ.

މި ފަދަ އެޓޭކްތަކެއް މިދިޔަ ހަފްތާގައި އެމެރިކާއަށްވެސް ލިބިފައިވާ ކަމަށް ވެސް ބޭރުގެ މީޑިއާތަކުން ހާމަ ކޮށްފައިވެއެވެ. އެމެރިކާގެ ނެޝަނަލް ކައުންޓާރ އިންޓެލިޖެންސް އެންޑް ސެކިއުރިޓީ ސެންޓަރގެ ފަރާތުން ބިލް އިވާނިނާ ހާމަ ކުރި ގޮތުގައި، މި މައުލޫމާތު ސަރުކާރާ ހިއްސާކުރުމުން ސަރުކާރުގެ ފަރާތުން ވަނީ މެޑިކަލް ރިސާރޗް ހަދާ ހުރިހާ ފަރާތްތަކުން މިކަމަށް ސަމާލު ވުމަށް އަންގާ އިންޒާރުދީފައެވެ.

ބީބީސީއަށް މައުލޫމާތު ދެމުން ބިލް ވަނީ، އެމެރިކާގެ ޑޭޓާތައް އެންމެ ފުރިހަމައަށް ރައްކާތެރިކުރުމަށް މަސައްކަތް ކުރާކަން ހާމަ ކޮށްފައެވެ.

އިނގިރޭސިވިލާތުގެ ރިސާޗް ހަދާ ފަރާތްތަކަށް ވެސް މި ފަދަ އިންޒާރުވަނީ ދެވިފައެވެ. ކޮވިޑް-19 އަށް ވެކްސިނެއް އުފައްދާ ގައުމަކަށް ބޮޑު އިނާމެއް ކަނޑައެޅިފައިވާތީ އެއްގައުމުން އަނެއް ގައުމަށް މިގޮތަށް ދޭ ހަމަލާތައް އިތުރުވެފައިވާ ކަން ހާމަ ކުރަމުން، އިނގިރޭސިވިލާތުގެ ޑިފެންސް ކޮމިޓީގެ ޗެއަރމަން ވަނީ، މިގޮތަށް ދޭ ހަމަލާތަކުގެ ބަދަލު ދޭން ފަސްނުޖެހޭނެކަމަށް ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!