ކޮވިޑް19: ސިނަމަން ވެލިފުށި ރިސޯޓުން ދެ މުވައްޒަފުން ފައްސިވެއްޖެ

ސިނަމަން ވެލިފުށި ރިސޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ކޮވިޑަށް ފައްސިވެއްޖެއެވެ.
އެޗްއޯއީސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުން ބުނީ އެ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފަކު ފައްސިވެފައިވާ ކަމަށާއި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މި ދެ މީހުން ފައްސިވެފައިވާ ކަން އެނގިފައިވަނީ ބަލީގެ އަލާމާތްތައް ފެނިގެން ބައްޔަށް ޓެސްޓުކުރުމުންނެވެ.
މުވައްޒަފުން ފައްސިވުމާ ގުޅިގެން އިތުރު 38 މުވައްޒަފެއްގެ ސާމްޕަލް ނެގިއިރު ވަނީ ނައްސިވެފައެވެ.
އަދި މިއަދު އިތުރު 77 ސާމްޕަލް ނަގާފައިވާ ކަމަށް ވެސް އެސެންޓަރުން ވިދާޅުވިއެވެ.
ކޮވިޑަށް ފައްސި ވެފައިވާ 187 މީހުން 24 ރިސޯޓެއް މިހާރު އެބަތިއްބެވެ. އެއީ 54 ފަތުރުވެރިންނާއި 133 މުވައްޒަފުންނެވެ.