ދުނިޔެ

ވެކްސިން ޖެހި 4 ޑޮކްޓަރުން ކޮވިޑަށް ފައްސިވުމާއެކު ނުތަނަވަސްކަން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19އަށް ރަޝިޔާއިން އުފައްދާފައިވާ ވެކްސިން، ސްޕްޓްނިކް 5، ޖެހި 4 ޑޮކްޓަރުން ވެކްސިން ޖެހިފަހުން ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by Sosun Fihaara

މީގެ ކުރިން ރަޝިޔާއިން ވަނީ ކޮވިޑް-19 ވެކްސިންއަކީ 92 އިންސައްތަ ކާމިޔާބު ވެކްސިނެއް ކަމަށް ވަނީ ހާމަކޮށްފައެވެ. ނަމަވެސް ޑޮކްޓަރުން ފައްސިވި ޚަބަރާއެކު، ރަޝިޔާގެ ވެކްސިނަށް ކުރަމުން އައި އިތުބާރު ވަނީ ކުޑަވެފައެވެ. އަދި ރަޝިޔާގެ ކްލިނިކަލް ޓްރައިލްތަކުގެ މަޢުލޫމާތުތައް ހިއްސާ ކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ރަޝިޔާއިން ބުނެފައި ވަނީ ވެކްސިން ޖެހުމުގެ ފަހުން، ވެކްސިން މަސައްކަތް ކުރުމަށް ވިންޑޯއެއް (ދެމެދުގައި ވަގުތު) ބޭނުންވާ ކަމަށާއި މި ޑަކްޓަރުން ބައްޔަށް ފައްސިވެފައި ވަނީ ވެކްސިން ޖެހި ފަހުން ކަމަށް ވިޔަސް، ވެކްސިން މަސައްކަތް ކުރަން ބޭނުންވާ ވަގުތުގެ ކުރިން ކަމަށެވެ. މިއާއެކު ވެކްސިންގެ ބާރު ދެރަ ކަމަށް ނުނިންމޭނެ ކަމަށް ވެސް ރަޝިޔާގެ ގައިންގަޔަށް އަރާ ބަލިތަކުގެ ސްޕެޝަލިސްޓަކާ ހަވާލާދީ "އާރޓީ"ގައި ރިޕޯޓް ކޮށްފައި ވެއެވެ.

ރަޝިޔާއިން ބުނެފައި ވަނީ ކޮވިޑް-19 އަށް ރަޝިޔާއިން އުފައްދާފައި ވެކްސިން އަސްލު މަސައްކަތް ކުރަން ފަށާނީ ދެވަނަ ބުރަށް ޖަހާ ވެކްސިންއާއެކު ކަމަށާއި ދެ ވެކްސިން ދޭތެރޭގައި 21 ދުވަހުގެ މުއްދަތެއް ދޭން ޖެހޭނެ ކަމަށެވެ. އަދި މި 4 ޑޮކްޑަރުންނަށް ކޮވިޑް ޖެހިފައިވަނީ ވެކްސިން ޖެހިތާ 4-6 ދުވަސް ތެރޭގައި ކަމަށްވެސް ރަޝިޔާގެ މީޑިޔާތަކުން ރިޕޯޓް ކުރެއެވެ.

ކޮވިޑް-19 ގެ ވެކްސިނެއް އެމެރިކާގެ ފައިޒާ ކުންފުނިން ވެސް ވަނީ ހަދާފައެވެ. ފައިޒާއިން ބުނެފައި ވަނީ އެ ވެކްސިން 90 އިންސައްތަ ރައްކާތެރި ކަމަށެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!