ދުނިޔެ

އުފާވެރި ޚަބަރެއް! ރަޝިޔާގެ ވެކްސިން 92 އިންސައްތަ ރައްކާތެރި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރަޝިޔާއިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން، ސްޕްޓްނިކް 5، 90 އިންސައްތަ ރައްކާތެރި ކަމަށް އެޤައުމުން ބުނެފިއެވެ.

Ads by Sosun Fihaara

ވެކްސިންގެ ތިން ވަނަ ކްލިނިކަލް ޓްރައިލްގެ ނަތީޖާ މިހާރު ރަޝިޔާއިން އާއްމުކޮށްފައި ވާއިރު، މި ޑޭޓާތަކުން ދައްކާ ގޮތުގައި މި ޓްރައިލްތަކުގައި ބައިވެރިވި ބައިވެރިންގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 20 މީހުން ކަމަށާއި މީގެ ތެރެއިން ވެކްސިން ޖަހާފައިވާ 2 މީހަކު ކޮވިޑަށް ފައްސި ވެފައިވާ ކަމަށް ރަޝިޔާއިން ހާމަކުރެއެވެ.

ރަޝިޔާގެ މި ކްލިނިކަލް ޓްރައިލްގައި 16،000 މީހުން ބައިވެރިވެފައިވާއިރު، ކޮންމެ ބައިވެރިޔަކަށް ވެސް ވެކްސިންގެ 2 ޑޯޒެއް ދެއެވެ. ދެވަނަ ޒޯޑް ދެނީ ފުރަތަމަ ވެކްސިން ޖަހާތާ 21 ދުވަސް ފަހުންނެވެ.

ކްލިނިކަލް ޓްރައިލްތަކުގައި ވެކްސިން ޖަހާނީ ބައިވެރިވާ ފަރާތްތަކުގެ ތެެރެއިން ދެބައިކުޅަ އެއްބައި މީހުންނަށެވެ. އަދި އަނެއް ބައި މީހުން ގަޔަށް ޖަހަނީ ވެކްސިނެއްގެ ސިފައިގައި ހުންނަ  (ޕްލާސިބޯ) ފެނެކެވެ. މިގޮތަށް ކަންތައް ކުރުމަށްފަހު ބައިވެރިން އާއްމު ދިރިއުޅުމަށް ދެއެެވެ. އަދި އެފަރާތްތަކަށް ކޮވިޑް-19 ޖެހޭތޯ ޓެސްޓް ކުރެއެވެ.

ރަޝިޔާއިން ހަދާފައިވާ ކޮވިޑް-19 ވެކްސިން 92 އިންސައްތަ ރައްކާތެރި ކަމަށް ބުނެފައިވާއިރު، މީގެ ދެ ދުވަސް ކުރިން އެމެރިކާގެ ފައިޒާ ކުންފުނިން ވަނީ 90 އިންސައްތަ ކާމިޔާބު ވެކްސިނެއް އުފައްދާފައިވާ ކަމަށް ބުނެފައެވެ.

ރަޝިޔާއަކީ ކޮވިޑް-19 ވެކްސިނެއް އުފެއްދުނުކަން އެންމެ ފުރަތަމަ ހާމަ ކުރި ޤައުމުކަން ފާހަގަ ކުރެވެއެވެ. ރަޝިޔާގެ ރައީސް ޕުޓިން މީގެ ކުރިން ވަނީ މި ވެކްސިން އެމަނިކުފާނުގެ ދަރިފުޅަށް ޖަހާފައިވާކަން ހާމަކޮށްފައެވެ. އަދި ރަޝިޔާގައި އެމަޖެންސީ ބޭނުމަށް ވެކްސިން ވަނީ ބޭނުން ކުރަން ފަށާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!