ފިޗް އިން އެޗްޑީސީގެ ރޭޓިންގ ދަށްކޮށްފި

ހުޅުމާލެ ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް "ސީސީސީ" ގްރެޓިޑް ރޭޓިން ދީފިއެވެ.
އެޗްޑީސީ އޮތީ މާލީ ގޮތުން ދަތި ދުވަސްތަކެއްގެ ތެރޭގައި ކަމަށް ބުނެ ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން ފާމް ފިޗް ނެރުނު ބަޔާނުގައި ބުނީ އެޗްޑީސީގެ ބޯޑު މެންބަރުން އައްޔަން ކުރުމުގެ ކަންކަން ކުރަނީ ސަރުކާރުން ކަމަށާއި އަދި ކުންފުނީގެ މުހިއްމު ހުރިހާ ނިންމުމަކީ ވެސް ސަރުކާރުގެ ހުއްދަ ލިބިގެން ނިންމާ ނިންމުންތައް ކަމަށެވެ.
އެގޮތުން ކުންފުނީގެ އާމްދަނީ މިހާރު ދަށްވެފައިވާ ކަމަށާއި އަދި ކުންފުނީގެ މާލީ ހާލަތު ވަނީ ގޯސްވެފައި ކަމަށް ފިޗް އިން ވަނީ ބުނެފައެވެ.
"ސަރުކާރުގެ ފަރާތުން އެޗްޑީސީ އަށް ކުރިމަތިވާ ޕްރެޝަރުތަކުގެ ސަބަބުން ކުންފުނީގެ މާލީ ކުރިމަގަށް ނޭދެވޭ އަސަރުތަކެއް ކުރަމުން ދާނެ ކަމަށް ފިޗް އަށް ގަބޫލު ކުރެވެއެވެ." ބަޔާނުގައި ބުނެފައި ވެއެވެ.
އެޗްޑީސީ އަށް ފިޗް އިން މީގެ ކުރިން ދީފައި އޮތީ ބީ ޕްލަސް ރޭޓިން އެކެވެ.