ޚަބަރު

މެލޭޝިއާގެ ވިޔަފާރިވެރިއަކު ރާއްޖެ އަށް 60،000 މާސްކު ހަދިޔާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މެލޭޝިއާގެ ވިޔަފާރިއަކު ރާއްޖެއަށް 60،000 ފޭސް މާސްކް މިއަދު ހަދިޔާކޮށްފިއެވެ.

Ads by STELCO

މެލޭޝިއާގެ ލިންބާގް ހޮލްޑިންގެ ވެރިޔާ ވިރާ ލިން ކަޗޮކްގެ ފަރާތުން ހަދިޔާކުރެއްވި މާސްކް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީއާ ހަވާލުކޮށްދެއްވީ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް އެވެ.

ލިންބަގް ހޯލްޑިން އަކީ އިމާރާތް ކުރުމުގެ ދާއިރާ ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މިއީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އޮތް ހާލަތުން އަރައިގަތުމަށް އޭނާގެ ފަރާތުން އެހީއެއް ފޯރުކޮށް ދިނުމުގެެ ގޮތުން ކަމަށެވެ. އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުން މި ހާލަތުން އަރައިގަނެ، ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރެވޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މެލޭޝިއާގެ ވިޔަފާރިވެރިއަކު ރާއްޖެ އަށް ދީލަތި އެހީތެރިކަމެއް ފޯރުކޮށްދީފައިވާއިރު، ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް)ގެ އޯނަރު އަދި ބިލިއަނަރު އޮންގް ބެންގް ސެންގް ވަނީ ރާއްޖެ އަށް 15 ވެންޓިލޭޓަރާއި، 150،000 މާސްކު ހަދިޔާކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!