ކޮވިޑް-19: ނިޔާވި ބިދޭސީ މީހާ ވަޅުލައިފި
ކޮވިޑް-19 އަށް ފައްސި ވެފައިވަނިކޮށް ފިޓް ޖެހިގެން މިއަދު ނިޔާވި ބިދޭސީ މީހާ ވަޅުލައިފިއެވެ.
ނިޔާވީ އުމުރުން 33 އަހަރުގެ ފިރިހެން ބަންގްލަދޭޝް ރައްޔިތެކެވެ. އޭނާ ވަޅުލާފައިވަނީ ހުޅުމާލޭ ސަހަރާގައެވެ. އެމީހާ ހިނެވުމާއި ކަފުން ކުރުމުގައި ހަރަކާތްތެރިވީ ސިފައިންގެ ފިރިހެން ޖަމާއަތްތެރިންނެވެ.
ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ފިޓްޖެހިގެން ހާލު ސީރިއަސްވުމާ ގުޅިގެންނެވެ. އެގޮތުން އައިޖީއެމްއެޗުގައި އެޑްމިޓްކުރާ އެންމެން ވެސް މިހާރު ކޮވިޑަށް ޓެސްޓު ކުރަން ނިންމާފައިވާއިރު އެމީހާ ވެސް ޓެސްޓު ކުރެވުނީ އެ އުސޫލުގެ ތެރެއިންނެވެ.
ޑޮކްޓަރުން ބުނީ އޭނާ ކޮވިޑަށް ފައސިވިި ނަމަވެސް އޭނާގެ ގައިން ބަލީގެ އަލާމާތެއް ފެންނަން ނެތް ކަމަށް ޑޮކްޓަރުން ބުނެއެވެ. އެގޮތުން އޭނާ މަރުވީ ކޮވިޑްގެ ސަބަބުން ނޫން ކަމަށާއި އޭނާ މަރުވެފައިވަނީ ސިކުނޑި އަށް ލޭ ފައިބައިގެން އެހެން ކަންކަން ދިމާވެގެން ކަމަށް ޑޮކްޓަރުން ބުނެއެވެ.
އަދި އެހެން ބައްޔަކަށް އޭނާ ފަރުވާ ހޯދަމުން ގޮސްފައިވޭތޯ މިހާރު ބަލަމުން އަންނަ ކަމަށް ވެސް ޑޮކްޓަރުން ބުނެއެވެ.