ޚަބަރު

26 ރިސޯޓެއްގައި ކޮވިޑް ޖެހިފައިވާ 139 މީހުން އެބަތިބި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގެ 26 ރިސޯޓުގައި ކޮވިޑް ބައްޔަށް ފައްސި ވެފައިވާ 126 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ 26 ރިސޯޓެއްގައި 59 ފަތުރުވެރިންނާއި 80 މުވައްޒަފުން އަންނަނީ ކޮވިޑަށް ފައްސިވެ ފަރުވާ ހޯދަމުންނެވެ.

ނަމަވެސް ފައްސިވެފައިވާ މީހުން ތިބީ ކޮން ރިސޯޓުތަކެއްގައި ކަމެއް އެ އިދާރާއިން ހާމަ ކޮށްފައެއް ނުވެއެވެ.

މި ވަގުތު ރާއްޖޭގެ މީހުން ދިރިއުޅޭ 11 ރަށެއްގައި ވެސް ކޮވިޑް އެކްޓިވް ކޭސްތައް ހުރިކަން ފާހަގަ ކޮށްލެވެއެވެ.

ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 12 ހާހަށް ވުރެ މަތިވެފައެވެ. އަދި މި ބަލީގައި 42 މީހަކު ވަނީ ނިޔާވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!