ކޮވިޑް-19: އިތުރު 2 މީހަކު ބަލިން ރަނގަޅު ވެއްޖެ
ކޮވިޑް-19އަށް ފައްސިވި އިތުރު 2 މީހަކު އެ ބަލިން ރަނގަޅު ވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ދެ މީހުންނާއެކު މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 20 އަށް އަރާފައިވާ ކަމަށެވެ.
މީގެ ކުރިން 18 މީހުން ބަލިން ރަނގަޅުވެ ދޫކޮށްލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ރާއްޖެއިން ބޭރުން އައިސް ކަރަންޓީން ފެސިލިޓީގައި ތިއްބާ ފައްސިވި ގިނަ މީހުން ހިމެނެއެވެ.
މީގެކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑޮކްޓަރުން ވިދާޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ޢުމުރުން ދުވަސްވީ މީހެއްގެ ހާލުރަނގަޅުވެ ފުރަތަމަ ހެދި ޓެސްތް ނެގެޓިވްވެފައިވާކަމަށާއި، ދެވަނަ ޓެސްޓްގެ ނަތީޖާއަށް އިންތިޒާރު ކުރަމުންދާކަމަށެވެ.
ކޮވިޑް-19އިން ރަނގަޅުވިކަން ކަށަވަރުކުރަނީ ފަރުވާދިނުމަށްފަހު ބަލިހުރިތޯ ބަލަން ދެފަހަރު ޓެސްޓް ހެދުމަށްފަހު އޭގެ ނަތީޖާ ނައްސިވުމުންނެވެ.
ރާއްޖެއިން މިހާތަނަށް 573 މީހަކު ވަނީ ފައްސިވެފައެވެ.