ޚަބަރު

މިއަދު ނިޔާވި ބިިދޭސީ މީހާއާ ގުޅުން ހުރި 66 މީހަކު ކޭކޭއިން އެކަހެރި ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މިއަދު ނިޔާވި ބިިދޭސީ މީހާއާ ގުޅުން ހުރި 66 މީހަކު ކޭކޭއިން އެކަހެރި ކޮށްފިއެވެ.

މިއަދު މަރުވެފައިވަނީ އުމުރުން 33 އަހަރުގެ ފިިރިހެން ބަންގްލަދޭޝް ރައްޔިތެކެވެ.

އޭނާ އެންމެ ފުރަތަމަ ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ފިޓްޖެހިގެން ހާލު ސީރިއަސްވުމާ ގުޅިގެންނެވެ. އެގޮތުން އައިޖީއެމްއެޗުގައި އެޑްމިޓްކުރާ އެންމެން ވެސް މިހާރު ކޮވިޑަށް ޓެސްޓު ކުރަން ނިންމާފައިވާއިރު އެމީހާ ވެސް ޓެސްޓު ކުރެވުނީ އެ އުސޫލުގެ ތެރެއިންނެވެ.

ކޮވިޑަށް ފައްސި ނަމަވެސް އޭނާ މަރުވެފައިވަނީ ސިކުނޑި އަށް ލޭ އެޅިގެން ކަމަށް ކަމަށް ޑޮކްޓަރުން ބުނެއެވެ. އަދި ކޮވިޑާ އޭނާގެ މަރާ ގުޅުމެއް ވާކަމަށް ނުބެލެވޭ ކަމަށް ވެސް ޑޮކްޓަރުން ބުންޏެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ އޭނާ މަސައްކަތް ކުރަމުންދިޔައީ ކަޅުތުއްކަލާ ކޮށީގައި ކަމަށާއި އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 66 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"އެއީ މިވަގުތަށް ފާހަގަކުރެވިފައިވާ އަދަދު. ނަމަވެސް އަދިވެސް އެ ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރިއަށް" އަފްޒަލް ވިދާޅުވިއެވެ.

މިއީ ރާއްޖެއިން ކޮވިޑް-19 އަށް ފައްސި މީހުންގެ ތެރެއިން މަރުވި ދެވަނަ މީހާއެވެ. ރާއްޖޭގައި ފުރަތަމަ މަރުވީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!