ޚަބަރު

އެކުވެރި އަރަބި އިމާރާތުގައި ރޯވި އިމާރާތުގައި ދިވެހިން ތިބިތޯ ބަލަނީ

ދެން އެމްވީ ، ދެން އޮންލައިން

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައި ހުންނަ އަބްކޯ ޓަވަރުގައި މިރޭ ރޯވެ އަނދަމުންދާ އަލިފާނާއި ގުޅިގެން އެއްވެސް ދިވެއްސަކަށް ގެއްލުން ވެފައިވޭތޯ އެގައުމުގައި ހުންނަ ދިވެހި އެމްބަސީއިން ބަލަން ފަށައިފިއެވެ.

Ads by Sosun Fihaara

އަލިފާން ރޯވެފައި ވަނީ ޝަރްޖާގެ އަބްކޯ ޓަވަރުގެ ދިހަ ވަނަ ފަންގިފިލާގަ އެވެ. އެކަމަކު މިހާރު 48 ފަންގިފިލާގެ އެ އިމާރާތުގެ ބޮޑު ބައެއްގައި ވަނީ އަލިފާން ރޯވެފަ އެވެ.

ދުބާއީގެ ހަލީޖް ޓައިމްސްގައި ރިޕޯޓްކުރާ ގޮތުގައި އެ އިމާރާތާއި އިންވެގެން ހުރި ފަސް އިމާރާތަކުން މީހުން ހުސްކޮށް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފަށާފަ އެވެ.

މި ޓަވަރަކީ 40 ބުރީގެ ރެސިޑެންސް ޓަވަރެކެވެ. އަދި މި ޓަވަރުގައި އަލިފާން ރޯވެފައިވަނީ ޔޫއޭއީ ގަޑިން މިރޭ9:40 ހާއިރެވެ. މިހާދިސާއާއި ގުޅިގެން އަދި އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމުގެ މައުލޫމާތު ލިބިފައި ނުވާއިރު ޓަވަރުގައި އަލިފާން ރޯވާން ދިމާވި ސަބަބެއްވެސް ނޭންގެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!