ޚަބަރު

"ވެކްސިން އަނިޔާ" ގެ ނަމުގައި ވެކްސިނާ ދެކޮޅަށް ހިންގި ޓްވިޓާ އެކައުންޓް ސަސްޕެންޑު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

"ވެކްސިން އަނިޔާ" ގެ ނަމުގައި ވެކްސިން ޖެހުމާ ދެކޮޅަށް ހިންގި ޓުވިޓާ އެކައުންޓެއް ސަސްޕެންޑުކޮށްފިއެވެ.

Ads by MWSC

ވެކްސިން ޖެހުމާ ދެކޮޅަށް ގިނަ އަދަދެއްގެ ވާހަކަތަކެއް ދައްކަމުން ދިއުމާ ގުޅިގެން އެ އެކައުންޓް ސަސްޕެންޑު ކޮށްފައި ވަނީ މީހަކު ކުރި ރިޕޯޓަކާ ގުޅިގެންނެވެ.

ޓުވިޓާއިން އެކައުންޓެއް ސަސްޕެންޑު ކުރަނީ، އެ އެކައުންޓަކުން ޓުވިޓާގެ ގަވާއިދުތަކާ ހިލާފުވެފައިވުމުންނެވެ.

ޓުވިޓާއިން ވެކްސިނާ ދެކޮޅު ވާހަކަ ފަތުރާ އެކައުންޓެއް ސަސްޕެންޑްކޮށްފައި ވާއިރު، ވެކްސިން ޖެހުމާ ދެކޮޅަށް އާންމުންނަށް މައުލޫމާތުދޭ ވައިބާ ގްރޫޕެއްގެ މަައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!