އަނިޔާއެއް ނުކުރަން، ދަރިފުޅު ރުޅި އައިސްގެން ހަޅޭއްލެވީ: ތިނަދޫގައި އަނިޔާކުރި ކަމަށް ބުނި ކުއްޖާގެ މަންމަ
ގދ. ތިނަދޫގައި ރޭ އުމުރުން 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އެކުއްޖާގެ މައިންބަފައިން އަނިޔާކުރީ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް، އެއާއިލާއިން ދޮގު ކޮށްފިއެވެ.
ރޭގެ ވަގުތެއްގައި މީީސް މީޑިއާގައި މީހަކު ވަނީ، ކުޑަ ކުއްޖަކަށް އެކުއްޖާގެ މައިންބަފައިން އަނިޔާކުރާ ކަމަށް ބުނެ، ޓްވިޓާގައި ވާހަކަ ފަތުރާފައެވެ.
މިކަމާއި ގުޅޭގޮތުން އެކުއްޖާގެ މަންމަ "ދެން" އަށް މައުލޫމާތު ދެމުން ބުނީ އެކުއްޖާއަށް އަނިޔާ ނުކުރާ ކަމަށާއި ކުއްޖާ ހަޅޭއްލެވީ، އޭނާގާތު ސުވާލެއް ކުރުމުން ރުޅި ކޮންޓްރޯލް ނުވެގެން ކަމަށެވެ.
"ތިބޭ ނޫންތޯ އެކަހަލަ ކުދިން. އަޅުގަނޑު ދަރިފުޅު ކައިރީގައި އަހާލީ ސުވާލެއް. ދަރިފުޅު އެކަމާ ރުޅިއައިސްގެން ރުޅި ކޮންޓްރޯލް ނުވެގެން ބާރަށް ހަޅޭލެވީ ނޫނެކޭ ނޫނެކޭ ތިމަންނައެއް ނޫނޭ ކިޔާފަ. އަޅުގަނޑަކީ ދަރިން ގައިގަ ތަޅާ މީހެއް ނޫން" ކުއްޖާގެ މަންމަ ބުނެފައިވެއެވެ.
މީގެ އިތުރުން އެކުއްޖާގެ މަންމަ ބުނީ އެމަންޒަރު ފެނިގެން ޓްވީޓު ކުރިމީހާ މައްސަލަ ޖެއްސުމުން، ފުލުހުންވެސް ރޭގައި އެގެއަށް ދިޔަ ކަމަށާއި، ކުއްޖާ އާއި ސުވާލު ކުރުމުން، މައިންބަފައިން އަނިޔާ ނުކުރާކަމަށް ފުލުހުން ގާތު ވެސް އެކުއްޖާ ބުނި ކަމަށެވެ.
"އަޅުގަނޑުގެ ދަރިފުޅު ހުރީ ވަރަށް ބިރުން. މިވީހާ ދުވަހަކު ދަރިފުޅަކަށް ނުހުންނާނެ ފުލުސް އޮފީހެއް ޖެންޑާގެ އެތެރެއެއް ފެނިފަ. މިއަދު އެކަމަކު ޖެންޑާ އަށް ވެސް ދާން ޖެހިގެން ދިޔުމުން ދަރިފުޅު ހުރީ ވަރަށް ބިރުން. އަޅުގަނޑު ބުނިން ދަރިފުޅު ބޭނުން އެއްޗެއް ބުނުމަށް. ޖެންޑާގައި ދަރިފުޅުބުނީ މަންމަމެން އަނިޔާ ނުކުރާކަމަށް. އެކަމަކު ރުޅި އައިމަ މަންމަ ހަޅޭލަވާނެ ކަމަށް. އެއީ ދެން ކޮންމެ މަޔަކުވެސް ކުރާނެ ކަމެއް ނޫންތޯ؟" ކުއްޖާގެ މަންމަ ބުންޏެވެ.
ރޭގައި ޓްވީޓު ކުރި މީހާ ބުނީ، އެކުއްޖާ ލައްވާ އެގޭގެ މަސައްކަތްތައް ވެސް ކުރުވާ ކަމަށާއި ކުޑައަށް ތިބި ތިން ކޮއްކޮވެސް ބަލުވާކަމަށް އަވަށްޓެރިން ބުނި ކަމަށެވެ.
ނަމަވެސް އެއާއިލާއިން "ދެން" އަށް މައުލޫމާތު ދެމުން ބުނީ އުމުރުން 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު އޭނާގެ މަންމައަށް އެހީވުމުގެ ގޮތުން ގޭތެރޭގެ މަސައްކަތްތަށް ބައެއް ފަހަރު ކޮށްދޭ ކަމަށެވެ. ނަމަވެސް އެއީ އަންހެން ކުއްޖަކަށްވެފައި، މަންމަ ދެކެވާ ލޯބިން އެހީވުމުގެ ގޮތުން އެކުއްޖާއަށް ކުރެވޭ މަސައްކަތެއް އެކަނި ކުރަނީ ކަމަށް އާއިލާއިން ބުނެފައިވެއެވެ.
ކުދިން ލައްވާ މަސަކަތް ކުރުވުމަކީ ގޯސް ކަމެއް ނޫން އެކުއްޖާ ބޮޑުވާއިރު ހުރިހާކަމެއް ދަސްކޮށް ދިނުމަކީ މައިންބަފައިންގެ ވާޖިބެއް އަދި ކުދިން ގޯސް ވީމަ އަނިޔާ ނުވާގޮތަށް ޖެހުން ދީނުގަ ވެސް ހުއްދަ، ހަމަހޭގަ ހުރި މަޔެއް ކުއްޖަކަށް ގެއްލުމެއް ނުދޭނެ